Advertisement

05 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

20 އަހަރަށް ފަހު ރޮނާލްޑޯ އާއި މެސީ ނުހިމަނާ ބެލަން ޑިއޯ ނޮމިނީސް އިއުލާންކޮށްފި

ފްރާންސުގެ މެގަޒިންއެއް ކަމުގައިވާ "ފްރާންސްގެ ފުޓުބޯލް" އިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓު ބުދަ ދުވަހު ހާމަކުރި އިރު، ފާއިތުވި 20 އަހަރު ތެރޭގައި މެދުކެނޑުމެއްނެތި އެ ލިސްޓުގައި ހިމެނެމުންދިޔަ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ މި އަހަރު އެ ލިސްޓުން ބާކީ ވެއްޖެއެވެ. މިއީ 2004 ވަނަ އަހަރަށްފަހު މި ދެ ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު ނުހިމަނާ މި ލިސްޓު އާންމުކުރި ފުރަތަމަ ފަހަރެވެ.

ބެލަން ޑިއޯ އެވޯޑު ފާއިތުވި 20 އަހަރު ތެރޭގައި މި ދެ ކުޅުންތެރިން ވަނީ 13 ފަހަރު ހާސިލްކޮށްފައެވެ. އެގޮތުން މި އެވޯޑު 8 ފަހަރު މެސީ ހާސިލްކޮށްފައިވާ އިރު، ރޮނާލްޑޯ ވަނީ 5 ފަހަރު މި އެވޯޑު ހާސިލްކޮށްފައެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ބެލަން ޑިއޯ އަށް ނޮމިނޭޓުވެފައި ވަނީ ރޮނާލްޑޯއެވެ، އެއީ 2004 ވަނަ އަހަރެވެ. އަދި މެސީ އެންމެ ފުރަތަމަ ނޮމިނެޓުވެފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި 2008 ވަނަ އަހަރު ރޮނާލްޑޯ މި އެ ވޯޑު ހާސިލްކުރިފަހުން 2018 ވަނަ އަހަރާ ހިސާބަށް ރޮނާލްޑޯ އާއި މެސީ ފިޔަވާ އިތުރު އެއްވެސް ކުޅުންތެރިއަކަށް މި އެވޯޑު ހާސިލްކުރެވިފައެއް ނުވެއެވެ.

ދެ ކުޅުންތެރިންނަށް ބެލަން ޑިއޯ ހާސިލް ކުރެވުނު އަހަރުތައް:

ކްރިސްޓިއާނޯ ރޮނާލްޑޯ: 2008، 2013، 2014، 2016 އަދި 2017

ލިއޮނެލް މެސީ: 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023

މި އަހަރުގެ ބެލަން ޑިއޯ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 28 ވަނަ ދުވަހު ޕެރިހުގައެވެ. މިއީ އެ ވޯޑު މެދުކެނޑުމެއް ނެތި ކުރިޔަށްދާތާ 68 ވަނަ އަހަރެވެ.

މި އަހަރު މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަކީ:

ޖޫޑް ބެލިންހަމް (އިންގްލެންޑް/ރެއާލް މެޑްރިޑް)

ރުބެން ޑިއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)

ފިލް ފޯޑެން (އިންގްލެންޑް/ މެންޗެސްޓާ ސިޓީ)

ފެޑެރީކޯ ވަލްވޭޑޭ (އުރުގުއޭ/ރެއާލް މެޑްރިޑް)

އެމިިލިއާނޯ މާޓިނޭޒް (އާޖެންޓީނާ/ އެސްޓަން ވިލާ)

އާލިން ހާލަންޑް (ނޯވޭ/މެންޗެސްޓާ ސިޓީ)

ނިކޯ ވިލިއަމްސް (ސްޕެއިން/އެތުލެޓިކް ބިލްބާއޯ)

ގްރޭނިޓް ޝަކާ (ސްވިޒަލެންޑް/ ބަޔާ ލެވަކޫސަން)

އާޓެން ޑޮވްބީކް (ޔޫކްރެއިން/ ރޯމާ-ޖިރޯނާ)

ޓޯނީ ކްރޫސް (ޖަރުމަނު/ ރެއާލް މެޑްރިޑް)

ވިނީޝިއުސް ޖޫނިއާ (ބްރެޒިލް/ ރެއާލް މެޑްރިޑް)

ޑަނީ އޮލްމޯ (ސްޕެއިން/ ލައިޕްޒިގު-ބާސެލޯނާ)

ފްލޯރިއަން ވާޓްޒް (ޖަރުމަނު/ ބަޔާ ލެވަކޫސަން)

މާޓިން އޮޑެގާޑް (ނޯވޭ/ އާސެނަލް)

މެޓް ހަމެލްސް (ޖަރުމަނު/ ބޮރޫޝިއާ ޑޯޓްމަންޑް)

ރޮޑްރީ (ސްޕެއިން/ މެންޗެސްޓާ ސިޓީ)

ހެރީ ކޭން (އިންގްލެންޑް/ ބަޔާން މިއުނިކް)

ޑެކްލަން ރައިސް (އިންްގްލެންޑް/ އާސެނަލް)

ވިޓީނިއާ (ޕޯޗުގަލް/ ޕީއެސްޖީ)

ކޯލް ޕާމާ (އިންގްލެންޑް/ ޗެލްސީ)

ޑަނީ ކާވަހާލް (ސްޕެއިން/ ރެއާލް މެޑްރިޑް)

ލަމީން ޔަމާލް (ސްޕެއިން/ ބާސެލޯނާ)

ބުކާޔޯ ސަކާ (އިންގްލެންޑް/ އާސެނަލް)

ހަކަން ޗަނޮނޮގްލޫ (ތުރުކީ/ އިންޓަ މިލާން)

ވިިލިއަން ސަލީބާ (ފްރާންސް/ އާސެނަލް)

ކީލިއަން އެމްބާޕޭ (ފްރާންސް/ ޕީއެސްޖީ-ރެއާލް މެޑްރިޑް)

ލައުޓާރޯ މާޓީނޭޒް (އާޖެންޓީނާ/ އިންޓަ މިލާން)

އަޑެމޯލާ ލުކްމަން (ނައިޖީރިއާ/ އެޓަލަންޓާ)

އެންޓޯނިއޯ ރޫޑިގާ (ޖަރުމަނު/ ރެއާލް މެޑްރިޑް)

އަލެހަންޑްރޯ ގްރިމާލްޑޯ (ސްޕެއިން/ ބަޔާ ލެވަކޫސަން)

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.