Advertisement

16 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް މެސީއަށް

ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ 2023 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިފާއުކޮށްފިއެވެ. 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފައި ވަނީ މެސީއެވެ. އަދި މިއީ މި އެވޯޑު މެސީ ހާސިލްކުރި ތިންވަނަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ރޭ ބޭއްވި "ދަ 2024 ފީފާ ބެސްޓް އެވޯޑްސް" ގައި މެސީ މި އެވޯޑު ކާމިޔާބުކުރީ، މެންޗެސްޓާ ސިޓީއަށް ސީޒަނުގެ ތިން ތަށި ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނޯވޭގެ އާލިންގ ހާލަންޑާއި، ޕީއެސްޖީގެ ތަރި ފްރާންސްގެ ކީލިއަން އެމްބާޕޭ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ނަމަވެސް މިއީ ވަރަށް ހަނި ފުރުސަތަކުން މެސީއަށް ލިބުނު އެވޯޑެކެވެ. ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، މެސީ އާއި ހާލަންޑަށް ލިބުނު ޕޮއިންޓުގެ އަދަދު ހަމަހަމައެވެ. އެގޮތުން ކޮންމެ ކުޅުންތެރިއަކަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. އެވޯޑުގެ ގަވާއިދު ބުނާ ގޮތުން، ދެ ކުޅުންތެރިއަކު ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެއްޖެނަމަ، ދެން ބަލާނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ވޯޓުން ކުރީގައި އުޅޭ ކުޅުންތެރިއަކަށެވެ. އެހެންކަމުން، މެސީއަށް އެވޯޑު ހާސިލްކުރެވުނީ ހާލަންޑަށް ވުރެން ގައުމީ ޓީމުތަކުގެ ކެޕްޓަނުން މެސީއަށް ވޯޓު ކޮށްފައިވާ އަދަދު ގިނަވުމުންނެވެ. ތިން ވަނައަށް ދިޔަ އެމްބާޕޭއަށް ލިބުނީ 35 ޕޮއިންޓެވެ.

މިދިޔަ 2023 ވަނަ އަހަރު މެސީ ވަނީ ޕީއެސްޖީއަށް އިތުރު ލީގު ތައްޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސީޒަންގައި އެންމެ ގިނަ "އެސިސްޓު" ހެދި ކުޅުންތެރިޔާގެ ލަގަބުގެ އިތުރުން، އޭނާވަނީ ލީގު-1 ގެ "ޓީމް އޮފް ދަ ސީޒަން" ގައި ވެސް ހިމެނިފައެވެ.

އަދި ގަތަރު ވޯލްޑު ކަޕް ކާމިޔާބު ކުރުމަށްފަހު ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި އޭނާ ވަނީ 100 ގޯލު ހަމަކޮށްފައެވެ. މިއާއެކު ގައުމީ ޓީމަށް 100 ގޯލު ކާމިޔާބުކޮށްދިން ތިން ކުޅުންތެރިންގެ ތެރޭގައި މެސީ މިވަނީ ހިމެނިގެން ގޮސްފައެވެ. މި ޝަރަފު އޮތް އަނެއް ދެ ކުޅުންތެރިންނަނީ އިރާންގެ އަލީ ދާއީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

2017 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ މި އެވޯޑުތައް ހާއްސަކޮށްފައިވަނީ، ނިމިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ އާއި، އެންމެ މޮޅު އަންހެން އަދި ފިރިހެން ގޯލު ކީޕަރާއި އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗަށެވެ. މީގެ އިތުރުން، އަހަރުގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާއަށް، ހަންގޭރީގެ ފުޓުބޯޅަ ލެޖެންޑު، ފެރެންކް ޕުސްކަސްގެ ނަމުން ހާއްސަކޮށްފައިވާ ޕުސްކަސް އެވޯޑު ދިނުންވެސް އޮވެއެވެ

މި އެވޯޑުތަކުގެ ހައްގުވެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކެޕްޓަނުންނާއި، ނޫސްވެރިންނާއި ފީފާގެ ވެބްސައިޓުގައި ތިބޭ ފުޓުބޯޅަ ފޭންސްގެ ވޯޓުންނެވެ. ޖުމްލަ ނަތީޖާއަށް ގުނާނީ މި ތަނުން ކޮންމެ ކެޓަގަރީއެއްގެ %25 އެވެ

މި ހަފްލާގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ ސްޕެއިންގެ އައިޓާނާ ބޮންމަޓީއެވެ. ފިރިހެން އެންމެ މޮޅު ކީޕަރަކަށް މެންޗެސްޓާ ސިޓީގެ އެޑަސަން ހޮވުނުއިރު، އިންގްލެންޑް ކީޕަރު އާޕްސް ހޮވުނީ އެންމެ މޮޅު އަންހެން ކީޕަރަށެވެ. އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ، ވޯލްޑް ކަޕް ފައިނަލަށް އިންގްލެންޑް ގެންގޮސްދިން ސެރީނާ ވެއިމަންއެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވިފައިވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.