Advertisement

އަށް ވަނަ ފަހަރަށް ބެލަން ޑިއޯ ކާމިޔާބު ކުރުމަށްފަހު މެސީ ސްޓޭޖްގައި ހުއްޓިގެން ---

31 Oct 2023
ކުޅިވަރު

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް މެސީއަށް

ހޯމަ ދުވަހުގެ ރޭ ޕެރިހުގައި ބޭއްވި 'ފްރާންސް ފުޓްބޯލް ބެލަން ޑިއޯ' އެވޯޑް ޝޯވ ގެ އެންމެ ޙާއްސަ އެވޯޑް، މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދައްކާ އަދި އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނެލް މެސީ އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ. މި އެވޯޑާއެކު މެސީ މިވަނީ ޖުމްލަ 8 ފަހަރަށް ބެލަން ޑިއޯ އެވޯޑް ކާމިޔާބުކޮށްފައެވެ. ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ އުދަރެހުން 2004 ވަނަ އަހަރު ދައްކާލި މިތަރީގެ ވިދުމަށް ފަނޑުކަމެއް އައުމެއް ނެތެވެ

އުމުރުން 36 އަހަރުގެ މެސީ މި އެވޯޑް ކާމިޔާބުކުރިއިރު، މެސީއާ އެންމެ ކައިރިން ވާދަކުރީ މެންޗެސްޓަރ ސިޓީގެ ނޯވޭ ކުޅުންތެރިޔާ އާލިން ހާލަންޑާއި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބައްޕޭއެވެ.

މެސީގެ ބެލަން ޑިއޯ ލިސްޓަށް 2023 އިތުރުވިއިރު، މީގެ ކުރިން މެސީ މި އެވޯޑް ހާސިލްކޮށްފައިވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ގައެވެ.

މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑު ފަސް ފަހަރު ކާމިޔާބު ކުރިއެވެ. ދާދި ހަމަހަމަކޮށް މި އެވޯޑު މި ދެ ކުޅުންތެރިން ހޯދަމުން ދިޔަނަމަވެސް، މެސީގެ 8 ވަނަ އެވޯޑާއެކު މިއީ ދެން ރޮނާލްޑޯއާ ހަމަކުރެވޭނެ ރެކޯޑެއް ނޫނެވެ.

ދެން މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ޖޯހަން ކްރައިފް، މިޝޭލް ޕްލެޓިނީ އަދި މާކޯ ވެން ބާސްޓެންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ މި އެވޯޑް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެފަހުން މި އެވޯޑު ކާމިޔާބުކޮށްފައިވަނީ މިހާރު ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާއެވެ. އޭނާވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގާއި، ލަ ލީގާ، ޔޫއެފާ ސުޕަ ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ރޭގެ އެވޯޑް ޝޯވގައި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިން އިން އަންހެން ވޯލްޑް ކަޕް މި އަހަރު ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ރޯލެއް އަދާކުރި އައިޓާނާ ބޮންމަޓީއެވެ. ބޮންމަޓީ ވަނީ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މީގެ އިތުރުން، މީނާ ވަނީ ބާސެލޯނާގެ އަންހެން ޓީމާއެކު ސީޒަންގެ 3 ތަށި ކާމިޔާބުކޮށް، މުޅި ސީޒަންގައި ޖުމްލަ 118 ގޯލު ކާމިޔާބުކޮށްފައެވެ.

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕެއިންގެ އައިޓާނާ ބޮންމަޓީ

އިންޑިވިޖުއަލް އެހެން އެވޯޑްތަކަށް ބަލާލާއިރު، އެންމެ މޮޅު ގޯލް ކީޕަރ ގެ އެވޯޑް، ލެވް ޔެޝިން ޓްރޮފީ ހޯދީ އާޖެންޓީނާގެ ކީޕަރ އެމިލިއޯ މާޓިނޭޒްއެވެ. އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގހަމް ހޯދިއިރު އެންމެ މޮޅު ސްޓްރައިކަރގެ އެވޯޑު، ޖާޑް މުލާ ހޯދީ އާލިން ހާލަންޑެވެ

އިންސާނިއްޔަތަށްކުރާ މަސައްކަތް ފާހަގަކޮށް އެވޯޑް ކުރާ ސޮކްރޭޓްސް އެވޯޑް މި އަހަރު ލިބުނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީސިއަސް ޖޫނިއަރއަށެވެ. އެގޮތުން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަރަށް ފުޅާ ދާއިރާއެއްގައި އޭނާ އަޑުއުފުލައެވެ.

ފްރާންސްގެ ހަފްތާ މެގަޒިން، ފްރާންސް ފުޓްބޯލް، އިން ކޮންމެ އަހަރަކު ބާއްވާ 'ފްރާންސް ފުޓްބޯލް ބެލަން ޑިއޯ' އަކީ މުޅި ދުނިޔޭގެ ސަމާލުކަން އެ އެވޯޑް ޝޯވއަކަށް ހުއްޓޭ، ދުވަސްވީ އެވޯޑް ޝޯވއެކެވެ. 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އޮންނަ މި ޝޯވ ގެ އެންމެ މަގްބޫލު އެވޯޑަކީ، ފާއިތުވި ސީޒަނުގައި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލަން ޑިއޯ އެވޯޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.