Advertisement

14 Jul 2024
ލިއޮނެލް މެސީ
މިފްތާޙް މުޙައްމަދު

ކޮޕާ އެމެރިކާ ފައިނަލުގައި މެސީއަށް މުބާރާތުގެ އައު ރެކޯޑެއް ހެދިދާނެ

ކޮޕާ އެމެރިކާ 2024 ގައި މިހާތަނަށް ދެ ރެކޯޑެއް ހަދާފައިވާ އާޖެންޓީނާގެ ލިއޮނެލް މެސީއަށް، މި މުބާރާތުގެ ފައިނަލުގައި އިތުރު ރެކޯޑެއް ހެދުމުގެ ފުރުސަތު އެބައޮތެވެ.

މި މުބާރާތުގައި ކެނެޑާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި މެސީ ހެދި ފުރަތަމަ ރެކޯޑަކީ، ކޮޕާ އެމެރިކާގެ އެންމެ ގިނަ މުބާރާތް ކުޅުނު ކުޅުންތެރިޔާގެ ރެކޯޑެވެ. އެގޮތުން މިއީ މެސީގެ 7 ވަނަ ކޮޕާ އެމެރިކާ މުބާރާތެވެ. އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ 2007 ވަނަ އަހަރު ވެނެޒުއޭލާގައި ކުޅުނު މުބާރާތެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު ހުރިހާ ކޮޕާ އެމެރިކާ މުބާރާތެއްގައި މެސީ ކުޅެފައިވެއެވެ.

މި މުބާރާތުގައި މެސީ މިހާތަނަށް ހަދާފައިވާ އަނެއް ރެކޯޑަކީ، ކޮޕާ އެމެރިކާގެ 6 މުބާރާތުގައި ގޯލު ޖެހުމުގެ ރެކޯޑެވެ. ސެމީ ފައިނަލްގައި ކެނަޑާއާ ދެކޮޅަށް މި މުބާރާތުގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލާއެކު، އޭނާ ހަމަކޮށްފައިމިވަނީ ބްރެޒިލްގެ ޒިޒީނިއޯގެ ރެކޯޑާއެވެ. ކޮޕާ އެމެރިކާގެ 6 މުބާރާތް ޒިޒީނިއޯ ކުޅެފައިވަނީ 1942 އާއި 1957 އާއި ދެމެދުއެވެ.

މެސީއަށް މި މުބާރާތުގައި ދެން ހެދޭނެ ރެކޯޑަކީ، މުބާރާތުގެ އެންމެ ގިނަ ފައިނަލް ކުޅުނު ކުޅުންތެރިޔާގެ ރެކޯޑެވެ. މިހާތަނަށް މެސީ ވަނީ ކޮޕާ އެމެރިކާގެ 4 ފައިނަލް ކުޅެފައެވެ. އެއީ 2007 އާއި، 2015 އާއި، 2016 އަދި 2021 ގެ ފައިނަލެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިން ކުޅުނު ހާވިއާ މަޝަރާނޯ ވެސް ވަނީ މި އަދަދަށް ފައިނަލް ކުޅެފައެވެ. އޭނާ 2021 ގެ މުބާރާތް ކުޅެފައި ނުވި ނަމަވެސް، އާޖެންޓީނާއާ އެކު އޭނާ ވަނީ 2004 ގައި ބްރެޒިލްގައި ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލް ކުޅެފައެވެ. އެހެންކަމުން މި މުބާރާތުގެ ފައިނަލުގައި މެސީ ކުޅެފިނަމަ، އޭނާ ވެގެން ދާނީ، ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ބައިނަލްއަގްވާމީ މުބާރާތުގެ އެންމެ ގިނަ ފައިނަލްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ފައިނަލުގައި މެސީއަށް ހެދިދާނެ މުބާރާތުގެ އިތުރު ރެކޯޑެއް ވެސް އެބައޮތެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ.  އެއީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބްރެޒިލްގެ ޒިޒީނިއޯ އާއި އާޖެންޓީނާގެ މެންޑޭޒްއެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މުބާރާތުގައި 17 ގޯލު ކާމިޔާބުކޮށްފައެވެ. މިއީ ގާތްގަނޑަކަށް މީގެ 60 އަހަރު ކުރިން ހަދާފައިވާ ރެކޯޑެކެވެ.

މިހާތަނަށް މުބާރާތުގައި 14 ގޯލު ކާމިޔާބުކޮށްފައިވާ މެސީ، މި ރެކޯޑާއި ހަމަކުރުމަށް ވެސް 3 ގޯލު ބޭނުންވާނެއެވެ.

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މާދަމާ ފަތިހު 5 ޖަހާއިރުއެވެ. މި މެޗު ކުޅޭނީ ފްލޮރިޑާގެ މިއާމީގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.