Advertisement

07 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މެސީގެ ބޮޑީގާޑުގެ މުސާރަ އެނގޭތަ؟

އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވިފަހުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ އާދައިގެ މީހެއް ނޫނެވެ. ޔާސިން ޗެއުކޯ ނަމަކަށް ކިޔާ މި މީހާއަކީ އެމެރިކާގެ ނޭވީ ސީލްއެކެވެ

އެމެރިކާގެ ނޭވީ ސީލް އޮފިސަރުންނަކީ މިލިޓަރީގެ ހާއްސަ ތަމްރީނުތަކެއް ދީފައިވާ ބައެކެވެ. މި މީހުންނަކީ، މޫދާއި އެއްގަމު އޮޕަރޭޝަންތަކުގަ އާއި އިންޓެލިޖެންސް މައުލޫމާތު ހޯދުމަށް ދުޝްމަނުންގެ ތެރޭގައި ވިޔަސް މަސައްކަތްކުރުމަށް ފަސް ޖެހޭނެ ބައެއް ނޫނެވެ

އެމެރިކާގެ މިލިޓަރީގައި ޗެއުކޯ މަސައްކަތްކުރިއިރު އޭނާވަނީ އިރާން އާއި އަފްގާނިސްތާނުގައި އެކިއެކި މިލިޓަރީ އޮޕަރޭޝަންތަކުގައި މަސައްކަތްކޮށްފައެވެ. އެހެންކަމުން މިވަރުގެ ޝަހުސިއްޔަތަކާއެކީ ޗެއުކޯގެ އަގު ވެސް އުޅޭނީ މަތީގައި ނޫންހެއްޔެވެ.

ޗެއުކޯއަކީ މިކްސްޑް މާޝިއަލް އާޓްސް (އެމްއެމްއޭ) ގެ ވެސް ތަޖުރިބާހުރި މީހެއްކަމުން، މީނާގެ މި ހުނަރުތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެތުލީޓު ރައްކާތެރި ކުރުމަށް އެންމެ އެކަށޭނަ ހުނަރުތަކެކެވެ. އިންސްޓަގްރާމުގައި އޭނާ ޕޯސްޓުކޮށްފައި ހުރި ވީޑިއޯތަކުން ވެސް އޭނާގެ ހަށިގަނޑު މި މަސައްކަތަށް ތައްޔާރުކޮށްފައިވާ މިންވަރު އެނގެއެވެ.

އިންސްޓަގްރާމުން 328،000 މީހުން އޭނާ ފޮލޯ ކުރާއިރު، މިހުރިހާ އެންމެންނަކީ މެސީގެ ފުށުން، ނުވަތަ މެސީއާއެކު މަސައްކަތްކުރާތީ ލިބުނު ފޮލޯވަރުން ތަކެއްކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އޭނާގެ "ފޭން ބޭސް" އެއް އުފެދެމުން އަންނަ ސަބަބަކީ، އޭނާ ހަށިގަނޑު ބައްޓަން ކުރުމަށް ކުރާ މަސައްކަތްތަކާއި، ވޯކްއައުޓަށްފަހު ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުންދާތީއެވެ

ރިޕޯޓުތައް ބުނާގޮތުން އޭނާގެ މުސާރައަކީ މަހަކު 250,000$ (ދެލައްކަ ފަންސާސްހާސް ޑޮލަރު)އެވެ. އެއީ އަހަރަކަށް 3,000,000$ (3 މިލިއަން) ޑޮލަރެވެ. މި މުސާރައާއެކު، މެސީގެ އިތުރުން އޭނާގެ އަންހެނުން އެންޓޮނޭލާ ރޮކޫޒޯ އަދި އޭނާގެ ދަރިން ކަމުގައިވާ ތިއާގޯ، މަޓެއޯ އަދި ކެއިރޯގެ ސެކިއުރިޓީ ބެލެހެއްޓުން ހިމެނެއެވެ.

ސީނިއަރ ކެރިއަރުގެ ފުރަތަމަ މެޗުން ފެށިގެން މެސީ ހޯދަމުން އަންނަ ސަމާލުކަން އިންޓަމިއާމީގައި ވެސް ލިބެމުން ދާއިރު، އޭނާގެ ބޮޑީގާޑު ޗެއުކޯ ވެސް މި އަންނަނީ އަމިއްލަ މަޝްހޫރުކަމެއް ހޯދަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.