Advertisement

28 Mar 2024
ކުޅިވަރު

މެސީ ކުޅުން ހުއްޓާލާނެ ދުވަސް ހާމަކޮށްފި

ލިއޮނެލް މެސީގެ ޕްރޮފެޝަނަލް ކެރިއާ ނިންމާލުމަށްފަހު، މެސީގެ ކުޅުން ދެން ނުފެންނާނެ ދުވަހެއްގެ އިހުސާސްތައް ކުރަން އުނދަގޫ ވާނީ މެސީގެ ސަޕޯޓަރުންނަށް އެކަންޏެއް ނޫނެވެ. ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް އެއީ "ކަޅު ދުވަހަކަށް" ވާނެކަން ޔަގީނެވެ. ހަމަގައިމުވެސް މިކަމުގައި ޔަގީންވާ އެއް ކަމަކީ، އެ ދުވަސް ވަރަށް ކައިރިވެއްޖެކަމެވެ. އެކަމަށް އަހަރެމެންގެ ސިކުނޑި ތައްޔާރުކުރަންވެއްޖެ ކަމެވެ.

ސައުދީ އަރަބިއްޔާގެ މިނިވަން ޗެނަލެއް ކަމުގައިވާ "ޕޭން އެރަބް ޗެނަލް" އިން ގެނެސްދޭ "ބިގް ޓައިމް ޕޮޑްކާސްޓް" އަށް މެސީ ދިން އިންޓަވިއުއެއްގައި އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ދުވަހާ ގުޅޭ ގޮތުން ވާހަކަދައްކައިފިއެވެ

ޕޮޑް ކާސްޓްގައި މެސީ ދިން ޖަވާބުގެ ވީޑިއޯ--

މެސީ ކުޅުން ހުއްޓާލާނެ ދުވަހާ ގުޅޭ ގޮތުން މި ޕޮޑްކާސްޓް ހުށަހަޅައިދޭ ޝާހިދު ސުވާލު ކުރުމުން އޭނާ ބުނީ، އޭނާ ކުޅުން ހުއްޓާލާނީ، ފާއިތުވި ވިއްސަކަށް އަހަރު އޭނާ ދައްކަމުން އައިސްފައިވާ ޕާފޯމެންސް އޭނާއަށް އިތުރަށް ނުދެއްކެން ފެށުމުން ކަމަށެވެ. އަދި އެ ނިންމުމާ އޭނާގެ އުމުރާ އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް ބުނެފައިވެއެވެ.

"އަހަރެން ކުޅުން ހުއްޓާލާނީ އަހަރެންނަށް ދަނޑުމަތީގައި ރަނގަޅަށް ޕާފޯމް ނުކުރެވި، އެކީގަ ކުޅޭ ކުޅުންތެރިންނަށް އެހީތެރި ނުވެވެން ފެށުމުން، ނުވަތަ ފުޓުބޯޅަ ކުޅުމަކީ އަހަރެންނަށް އިތުރަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ނުވާކަން އިހުސާސްވުމުން. ރިޓަޔާ ކުރާނީ އެ ދުވަހަކުން. އަހަރެންގެ ނަފުސު އަހަރެންނަށް ވަރަށް ރަގަޅަށް އެނގޭ. އަހަރެންނަށް ރަގަޅަށް ކުޅެވޭ ދުވަސް ދުވަހާއި، ރަގަޅަށް ނުކުޅެވޭ ދުވަސްތައް އަހަރެންނަށް އެނގޭ. އެހެންވީމަ، ކުޅުން ހުއްޓާލާ ވަގުތުޖެހުނީމަ އަހަރެންނަށް އެނގޭނެ. އެ ދުވަހަކުން ކުޅުން ހުއްޓާލާނަން. މި ނިންމުމާ އުމުރަކާ އަހަރެން ނުގުޅުވާނަން. ކުޅުމާއިގެން ކުރިޔަށް ދެވެންޔާ އަހަރެން މިހުރީ ކުރިޔަށް ދާން. ސަބަބަކީ މިއީ އަހަރެން އެންމެ ކުރާ ހިތްވާކަމަށް ވުން. އަދި އަހަރެންނަށް ކުރަން އިނގޭ ކަމަކީ ވެސް މިއީ ކަމުގައިވުން."

ކުޅުން ހުއްޓާލާނެ ދުވަހާ ގުޅޭ ގޮތުން ސުވާލު ކުރުމުން މެސީ ދިން ޖަވާބު--

މީގެ އިތުރުން މެސީއަށް ފުޓުބޯޅައިގެ ހާސިލް ނުވާ ކަމެއް އޮތްތޯ ވެސް ޝާހިދު ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި މެސީ ބުނީ، ފުޓުބޯޅައިގައި އޭނާ ހާސިލްކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވެއްޖެ ކަމާއި، ފުޓުބޯޅައިގައި އޭނާ އިތުރަށް ބޭނުންވާ ކަމެއް ނެތްކަމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.