Advertisement

ލިއޮނެލް މެސީ / ފޮޓޯ: މާރސާ

12 Oct 2023
ކުޅިވަރު

މެސީއާއި ރޮނާލްޑޯގެ ވާދަވެރި ކުރިމަތިލުންތައް އަލުން ފެނުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބެއް

ޕްލޭ އޮފުން ބަލިވެ މޭޖަރ ލީގަށް ކޮލިފައިނުވުމުގެ ސަބަބުން، އެމެރިކާގެ އިންޓަރ މިއާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެޓީމު ދޫކޮށް ދާންބޭނުންނުވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން 6 މަހަށް މެސީ އެހެން ޓީމަކަށް ބަދަލުވާން އުޅޭ ކަމަށް އަޑުފެތުރުނީ، މޭޖަރ ލީގަށް ކޮލިފައި ނުވުމުގެ ސަބަބުން އޮކްޓޯބަރ 21 ވަނަ ދުވަހުން ފެށިގެން މިއަންނަ އަހަރުގެ ފެބްރުވަރީ މަހާއި ހިސާބަށް އިންޓަ މިއާމީއިން އެއްވެސް ވާދަވެރި މެޗެއް ނުކުޅޭނެތީއެވެ

އެންމެ ފުރަތަމަ އަޑު ފެތުރުނީ އެ މުއްދަތުގައި މެސީ އަނެއްކާވެސް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އުޅުނު ވާހަކަތަކެވެ. އަދި އެއަށްފަހު ސައުދީގެ ޕްރޯ ލީގަށް ގޮސް، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު މި ޖީލު ދުށް އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ކުރިމަތިލުންތައް އަލުން ފެންނަން އުޅޭކަމުގެ އަޑުތަކެވެ.

ނަމަވެސް ފުޓުބޯޅަ ޖާނަލިސްޓް، ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، މެސީގެ ވިސްނުން މިހާރު ހުރީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ނޮވެމްބަރ ގައި އާޖެންޓީނާ ކުޅެންޖެހޭ ވާދަވެރި ދެ މެޗަށް ތައްޔާރުވުމަށެވެ. ނޮވެމްބަރުގައި ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭނެއެވެ. މި މެޗުތައް އޮތީ ނޮވެމްބަރު 16 އަދި 21 ގައެވެ. މީގެ އިތުރުން ޗައިނާ އަދި ޖަޕާނުގައި އިންޓަމިއާމީއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެއީ ނޮވެމްބަރު މަހުގެ ކުރީކޮޅުއެވެ.  

މި ޕްލޭނާ އެއްގޮތަށް ގޮސް، ޑިސެމްބަރުގައި ޗުއްޓީ ނެގުމަށްފަހު، ޖެނުއަރީ 2024 އިން ފެށިގެން މިއާމީއާއެކު މެސީ ދެން ތައްޔާރުވާނީ އަންނަ ސީޒަނަށެވެ

މޭޖަރ ލީގަށް ކޮލިފައި ނުވާނެކަން އިންޓަރ މިއާމީއަށް ކަށަވަރުވީ މިދިޔަ ހޮނިހިރު ދުވަހު އެފް.ސީ. ސިންސިނާޓީއާ ކުޅުނު މެޗުން 1-0 އިން ބަލިވުމުންނެވެ. އެ މެޗުގެ 55 ވަނަ މިނެޓުގައި މެސީ ކުޅެއް ނިކުތީ، ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖެހިޖެހިގެން 5 މެޗު ނުކުޅެ ހުރުމަށްފަހުއެވެ

އިންޓަމިއާމީއަށް މިހާތަނަށް ކުޅުނު 13 މެޗުގައި މެސީވަނީ 12 ގޯލު ކާމިޔާބު ކޮށްދީފައެވެ

އިންޓަރ މިއާމީއަށް ބަދަލުވުމުގެ ކުރިން، ސައުދީ ލީގަށް ބަދަލުވުމަށް މެސީއަށް ހުށަހެޅި ހުށަހެޅުމަށް އޭނާވަނީ ފުރަގަސްދީފައެވެ. އޭރު ސައުދީ ލީގަށް ދިއުމަށް މެސީއަށް ހުށަހެޅީ 400$ މިލިއަން ޑޮލަރުގެ ހުޅަހެޅުމެކެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.