Advertisement

އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން، ފޮޓޯ: ސައުދީ ގެޒެޓް

23 Oct 2023
ކުޅިވަރު

ދުނިޔޭގައި އަލަށް ބާއްވާ އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމަށް ރޮނާލްޑޯ އާއި ސައުދީ ޕްރިންސް

މިއަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ތައްޔާރުވަމުންދާ ދުނިޔޭގެ ފުރަތަމަ އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމުގެ ހަފްލާގައި ސައުދީ ލީގުގެ އަލް ނަސްރް އަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސައުދީ ޕްރިންސް މުޙައްމަދު ބިން ސަލްމާން ބައިވެރިވެއްޖެއެވެ. ރޮނާލްޑޯ މި ހަފްލާގައި ބައިވެރިވީ ޙާއްސަ މެހެމާނެއްގެ ގޮތުގައެވެ.

މި އިވެންޓާ ގުޅިގެން ރޮނާލްޑޯ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާގޮތުން، ސައުދީ ޕްރިންސާއި ބައްދަލުވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި އީސްޕޯޓްސްއާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އީސްޕޯޓްސް ވޯލްޑް ކަޕް ލޯންޗު ކުރުމަށް ބޭއްވި ހަފްލާއާ ގުޅިގެން ރޮނާލްޑޯ "އެކްްސް" ގައި ކުރި ޕޯސްޓް

ސައުދީ އަރަބިޔާއިން ހޯމަ ދުވަހު ހާމަކޮށްފައިވާގޮތުން، އީ ސްޕޯޓްސް ވޯލްޑް ކަޕް ކޮންމެ އަހަރަކު ބާއްވާނެއެވެ، އަދި ދުނިޔޭގެ މަޝްހޫރު ހުރިހާ ކުޅިވަރެއް މި އިވެންޓުގައި ހިމެނޭނެއެވެ. މީގެއިތުރުން މި މުބާރާތްތަކުގެ ފައިސާގެ އިނާމު ވެގެން ދާނީ މިހާތަނަށް އީސްޕޯޓްސް އިވެންޓެއްގައި ދެވޭ އެންމެ ބޮޑު "ޕްރައިޒް ޕޫލް" އަށެވެ.

ސައުދީގެ އިޤްތިޞާދު ހަމައެކަނި ތެލަށް ބަރޯސާނުވެ، އެކި ގޮތްގޮތުން ފުޅާ ކުރުމުގެ މަގްސަދުގައި "ވިޝަން 2030" ގެ ނަމުގައި ކުރިޔަށްގެންދާ ސައުދީގެ "ޓްރާންފޯމޭޝަން ޕްލޭން" ހާސިލް ކުރުމަށްޓަކައި އެ ގައުމުގެ ޕްރިންސް މުޙައްމަދު އަންނަނީ ސްޕޯޓްސް، އީސްޕޯޓްސް އަދި ގޭމިންގ ގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ

ލޯންޗިންގ އިވެންޓުގައި ސައުދީ ޕްރިންސް (ކ) އަދި ފީފާގެ ރައީސް އިންފެންޓީނޯ (މެދަށް)، ފޮޓޯ: ސައުދީ ގެޒެޓް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.