Advertisement

12 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރޮނާލްޑޯގެ އަލް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުން ކަޓައިފި

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ސައުދީ އަރައްބިއްޔާގެ އަލް ނަސްރު އާއި ޔޫއޭއީގެ އަލް އައިން ބައްދަލުކުރި ކުއާޓާ ފައިނަލުގެ ދެވަނަ ލެގުން ވެސް ރޮނާލްޑޯގެ އަލް ނަސްރު ބަލިވެ، އެ ޓީމަށް މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ. ހޯމަ ދުވަހުގެރޭ ސައުދީ އަރަބިއްޔާގައި ކުޅުނު މި މެޗުން އަލް ނަސްރު ބަލިވީ ޕެނަލްޓީ ޝޫޓު އައުޓަށް ފަހުއެވެ.

ފުރަތަމަ ލެގުން ލިބުނު 1-0 ގެ ގެއްލުން ފޫބައްދަން ނިކުތް އަލް ނަސްރު ޓީމަށް ފުރަތަމަ ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ވަގުތު ތަކަކާއެވެ. ފުރަތަމަ ހާފުގައި އަލް އައިން އިން ދެ ގޯލު ޖަހާ ލީޑު ނަގައި، އެގްރިގޭޓު ސްކޯ 3-0 އަށް ބަދަލުކުރިއެވެ. އަލް ނަސްރަށް ހިންހަމަ ޖެހުމެއް ލިބުނީ ފުރަތަމަ ހާފުގެ އިތުރު މިނެޓުގައި ގޯލެއް ކާމިޔާބު ކުރެވުމުންނެވެ.

ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި، އަލް އައިނުގެ ޚާލިދު އީސާ އަތުން ބައިކޮޅަށް ވަތް ގޯލާއެކު އަލް ނަސްރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެއަށްފަހު ރޮނާލްޑޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ބޭކާރުވެގެން ދިޔަތަން ފެނުނެވެ. ގޯލުގެ މީޓަރެއްހާ ހިސާބުގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކަނާތް ފަރާތުން ބޭރަށެވެ.

އެއަށްފަހު މެޗުގެ 72 ވަނަ މިނެޓުގައި އަލް ނަސްރަށް ކާމިޔާބު ކުރެވުނު ގޯލާ އެކީ، އެގްރިގޭޓް ސްކޯ 3-3 އަށް ވުމުން، މެޗުގެ އިތުރު ވަގުތު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގައި ރޮނާލްޑޯގެ ޕެނަލްޓީއަކުން އަލް ންސްރު ކުރި ހޯދިއެވެ. ނަމަވެސް އޭގެ 5 މިނެޓު ފަހުން އަލް އައިނުން ޖެހި ގޯލާއެކީ އެގްރިގޭޓް ސްކޯ އަނެއްކާވެސް ހަމަހަމަވިއެވެ. އެހެން ކަމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ

އަލް ނަސްރަށް ކާމިޔާބު ކުރެވުނީ ރޮނާލްޑޯގެ ޕެނަލްޓީ އެކަންޏެވެ. އެހެންކަމުން ޕެނަލްޓީ ޝޫޓް އައުޓްގައި 3-1 އިން ބަލިވެ، އަލް ނަސްރަށް މުބާރާތުން އަލްވަދާއު ކިޔެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.