Advertisement

31 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫއެފާ ނޭޝަންސް ލީގަށް ނެގި ޕޯޗުގަލް ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި

ދެ އަހަރުން އެއް އަހަރު ބާއްވާ ޔޫއެފާ ނޭޝަންސް ލީގުގައި ވާދަކުރާ ޕޯޗުގަލްގެ ސްކޮޑުގައި އުމުރުން 39 އަހަރުގެ ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ. ރޮނާލްޑޯ މި ސްކޮޑުގައި ހިމެނި އިރު، އޭނާއަށް ވަނީ މި އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެހާ އެދެވޭ ކުޅުމެއް ނުދެއްކިފައެވެ.

ބެލެވޭ ގޮތުގައި ޕޯޗުގަލްގެ ފުރަތަމަ 11 ގައި ހިމެނިގެން، އެ ޓީމުން ކޮރޭޝިއާ އާއި ސްކޮޓްލަންޑާ ދެކޮޅަށް މި އަންނަ މަގު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކުގައި ރޮނާލްޑޯ ފެންނާނެއެވެ. ސަބަބަކީ ދެން ކުރިޔަށް ކުޅޭ ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ) ގެ ފޯވާޑް، ގޮންޗާލޯ ރާމޯސްގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ އެހާތަނަށް ފިޓު ނުވުމެވެ.

ޕޯޗުގަލްގެ ޓީމު ނޭޝަންސް ލީގަށް އިއުލާންކުރި އިރު، އެ ޓީމުގެ ފަހަތުން ބޮޑެތި ބަދަލުތަކެއް ފެނެއެވެ. އެގޮތުން މިދިޔަ މަހު ޕެޕޭ ރިޓަޔާ ކުރުމާ ގުޅިގެން، އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅޭނީ އައު ކުޅުންތެރިއެކެވެ.

ނޭޝަންސް ލީގުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު 5 ވަނަ ދުވަހު ސްކޮޓްލެންޑާ ދެކޮޅަށެވެ. އަދި ދެވަނަ މެޗު، އޭގެ ދެ ދުވަސް ފަހުން ކުޅޭނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.