Advertisement

އެކްސްގައި ރޮނާލްޑޯ ހިއްސާކޮށްފައިވާ ފޮޓޮއެއް

22 Mar 2024
ލައިފްސްޓައިލް

ރެޑް ސީގައި ރޮނާލްޑޯ ހަދަމުންދަނީ ރާއްޖޭގެ ރިޒޯޓަކާ ވައްތަރު ރިޒޯޓެއް

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ދުނިޔޭގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ރެޑް ސީގައި ހަދަމުންދާ ރިޒޯޓުގެ ބައެއް މަންޒަރުތައް ރޮނާލްޑޯގެ އިތުރުން އޭނާގެ ޕާޓުނާރ، ޖޯޖީނާ ރޮޑްރިގޭޒް، ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ. މި މަންޒަރުތައް ސޯޝަލް މީޑިއާގައި ޖޯޖީނާ އާންމުކޮށްފައިވަނީ، ރޮނާލްޑޯއާ އޭނާގެ އާއިލާ އެ ރިޒޯޓަށް މި ނިމުނު ހަފްތާގައި ކުރި ދަތުރުގައެވެ.

ޖޯޖީނާއާއި ރޮނާލްޑޯ ސޯޝަލް މީޑިއާގައި އާންމުކުރި ބައެއް ފޮޓޯތަކާއި ސްޓޯރީތަކުން، އެ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެއަށް އައިސް ތިބެ އެ ހިއްސާކުރަނީ ރާއްޖޭގެ މަންޒަރުތައްކަމަށް ހީވެދާނެއެވެ. ނަމަވެސް ރަގަޅަށް ބަލާލުމުން އެނގޭ ގޮތުގައި، ރޮނާލްޑޯ މި މަސައްކަތް ކުރަނީ ރެޑް ސީގައި ރާއްޖެފަދަ ގުތުރަތީ ރީތިކަމެއް ލިބިފައި އޮތް، އަދި ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ގިނަ ބަޔަކު ދެކޭ، ރާއްޖޭގެ ރިޒޯޓަކާ އެއްފަދަ ރިޒޯޓެއް ބިނާ ކުރުމަށެވެ.

ޖޯޖީނާގެ އިންސްޓްގްރާމް ސްޓޯރީތަކުން

ޖޯޖީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރޮނާލްޑޯ ޓެގް ކުރުމަށްފަހު ބުނެފައިވަނީ "ބިލްޑިން ދަ ނިއު ޕެރެޑައިސް" ކަމަށެވެ. މި ޕްރޮޖެކްޓު ކުރިޔަށް ގެންދިއުމުގައި ދެ މީހުންގެ ޝައުގުވެރިކަން ހުރި މިންވަރު ވެސް ވަނީ މި ވީޑިއޯއިން ފެނިގެން ގޮސްފައެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ވިލާ ތަކުގައި ޕްރައިވެޓް ބީޗުގެ އިތުރުން ހަދާފައިވާ ސްވިމިން ޕޫލްތައް ވަނީ މޫދާ ގުޅުވާލާފައެވެ. އަދި ވޯޓާ ވިލާތައް ހަދާފައިވަނީ ރަތް ކަނޑު ފެންނަ ގޮތަށެވެ.

ވަކި ޖަޒީރާއެއްގެ ގޮތުގައި އޮންނަ މި ރިޒޯޓަށް ދެވެނީ ބޯޓެއް ނުވަތަ ސީޕްލޭނެއް ޗާޓާކޮށްގެންނެވެ. އަދި މި ރިޒޯޓުގައި ހުންނަ ވިލާތަކާއި ސޫޓުތަކުގެ އަގު ފެށެނީ ރެޔަކަށް 5،655 ޕައުންޑުން (ގާތްގަނޑަކަށް 1 ލައްކަ ރުފިޔާ) ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.