Advertisement

19 May 2024
ކުޅިވަރު

އާސެނަލްއަށް ލީގު ކާމިޔާބެއް ނުކުރެވޭނެ: ރޮނާލްޑޯ

އިނގިރޭސި ޕްރިމިއަ ލީގުގެ ފަހު މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މެންޗެސްޓާ ސިޓީ އާއި އާސެނަލްއަށް އޮތް ނަމަވެސް، އެކަން އާސެނަލްއަށް ހާސިލް ނުކުރެވޭނެކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް ބޮކްސިން މެޗެއް ބަލަން ގޮސް އުޅުމުގެ ތެރޭގައި އާސެނަލްގެ ސަޕޯޓަރަކާ ވާހަކަ ދައްކަމުންނެވެ.

ރޮނާލްޑޯއާ ދެތިން ބަހެއް ބުނެލުމަށްފަހު އާސެނަލްގެ ސަޕޯޓަރ ފްރޭންކް ވޮރަން ރޮނާލްޑޯއާ ކުރި ސުވާލަކީ، މި ސީޒަންގައި ޕްރިމިއަލީގު ލިބޭނެކަމަށް ރޮނާލްޑޯ ގަބޫލުކުރާ ޓީމަކީ ކޮބައިތޯއާއި، އެ ފުރުސަތު އާސެނަލްއަށް އޮތްކަމަށް ރޮނާލްޑޯއަށް ގަބޫލުކުރެވޭތޯއެވެ. ނަމަވެސް، ސަކަ ގޮތަކަށް ހިނި އައުމަށްފަހު ރޮނާލްޑޯ ބުނީ، އާސެނަލްއަށް ލީގު ނުލިބޭނެ ކަމަށެވެ.

ފަހު މެޗަށް ނިކުންނައިރު މެންޗެސްޓާ ސިޓީ އޮތީ 2 ޕޮއިންޓުގެ ލީޑެއްގައެވެ. އެހެންކަމުން އާސެނަލްއަށް ލީގު ކާމިޔާބުކުރެވޭނީ އެމީހުން އެވަޓަންއާ ބައްދަލު ކުރާ މެޗުން މޮޅުވުމަށްފަހު، ސިޓީ އާއި ވެސްޓްހޭމް ކުޅޭ މެޗުން ސިޓީ މޮޅުނުވެއްޖެނަމައެވެ. ސިޓީ މެޗު އެއްވަރުވިނަމަވެސް، ގޯލު ތަފާތުން ލީގު ލިބޭނީ އާސެނަލްއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.