Advertisement

ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރް ޖާޒީގައި

14 Oct 2023
ކުޅިވަރު

ރޮނާލްޑޯ އަލް ނަޞްރުއަށް ގެންދިއުމަށް ސޮއި ހޯދިގޮތް އެ ޓީމުގެ އެގްޒެކެޓިވް ހިއްސާކޮށްފި

ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު ފުޓުބޯޅަ ކްލަބަށް ބަދަލުވެގެން ދިއުން ވެގެން ދިޔައީ މުޅި ދުނިޔެއަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. އަދި ޙާއްސަކޮށް، އޭރު ދުނިޔޭގެ މާ ބޮޑު ސަމާލުކަމެއް ނޯންނަ ލީގަކަށް ދިއުމަށް ރޮނާލްޑޯ އެއްބަސްވީ ހަމައެކަނި އެ ކްލަބުން ހުށަހެޅި ފައިސާގެ އަދަދު ބޮޑުވެ، އެހެން ކްލަބަކުން އެވަރުގެ ހުށަހެޅުމަށް ހުށަނޭޅޭނެތީކަމަށް ގިނަ މީހުން ގަބޫލުކުރިއެވެ

އަލް ނަޞްރުގެ ޑައިރެކްޓަރު މާސެލޯ ސަލާޒާ މި ވަނީ އެ ޓީމަށް ރޮނާލްޑޯ ގެންދިއުމަށް އެ ޓީމުން މަސައްކަތްކުރި ގޮތް ހިއްސާކޮށްފައެވެ. ސަލާޒާ ބުނީ ސައުދީ ލީގަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ކުރީ "ކަލެކްޓިވް" މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ސަލާޒާ ބުނީ އެ ޓީމުން ބެލީ ރޮނާލްޑޯ ކުރިއަށް ބޭނުންވާ ގޮތްތައް ހޯދާ، އެކަންކަން އޭނާއަށް ހާސިލް ކުރެވޭނެ މަގުތައް ފަހިވާނެ ގޮތަކަށް އެމީހުންގެ ހުށަހެޅުންތައް ބައްޓަންކުރުމަށް ކަމަށެވެ.

"ކްރިސްޓިއާނޯ ފަދަ ކުޅިވަރުގެ ޝަޙްސިއްޔަތެއް އެއްބަސް ކުރުވުމަށްޓަކައި ރަނގަޅު ހުށަހެޅުމެއް ހުށަހަޅަން ޖެހޭ. އެއީ ހަމައެކަނި ފައިސާއެއް ނޫން. ކްރިސްޓިއާނޯ އަކީ ލެޖެންޑެއް. އޭނާގެ ނަންބަރުތައް (ޕަރފޯމެންސް އަދި ތަފާސްހިސާބުތައް) ބަލާލާ ކޮންމެ ފަހަރަކު ހައިރާންވޭ. ރޮނާލްޑޯއަކީ ލިމިޓެއް ނެތި މަސަތްކަތްކުރާ ކުޅުންތެރިއެއް. އެހެންކަމުން ރޮނާލްޑޯއަށް ހުށަހަޅަން ޖެހޭނީ އޭނާ ފުޓްބޯޅައިގެ ދުނިޔޭގައި ހާސިލްކުރަން ބޭނުން ކަންކަން ހާސިލް ކުރެވޭނެ އަދި މި ދާއިރާއިން އޭނާއަށް އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށޮށްދީ އެ ފުރުސަތު އޭނާއަށް ހޯދަދެވޭނެ ގޮތަކަށް. ރޮނާލްޑޯ ގެނައުމަށް އަހަރެމެން ކުރިކަމަކީ އެއީ", އަލް ނަޞްރުގެ ޑައިރެކްޓަރު މާސެލޯ ސަލާޒާ ހިއްސާކުރިއެވެ.

ސަލާޒާ އިތުރަށް ފާހަގަކުރި ގޮތުގައި ރޮނާލްޑޯ އަލް ނަސްރްއާ ގުޅުނު ފަހުން އޭނާގެ ސަބަބުން އެ ކްލަބަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި، ކްލަބާއި އަމިއްލަ ކުރިއެރުމަށް އޭނާ ކުރާ މަސައްކަތަކީ ހައިރާންވާ ފަދަ ފުރިހަމަ އަދި ޕްރޮފެޝަނަލް މަސައްކަތްތަކެއް ކަމަށެވެ.

"އަހަރެންނަށް އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އޭނާ ކޮމިޓްވެފައިވާ މިންވަރު. ކްލަބުގައި އަދި ކްލަބުން ބޭރުގައި ކޮންމެ މިނެޓަކު ދައްކާ ޕްރޮފެޝަނަލިޒަމްގެ ފެންވަރާއި، އެންމެ ރަނގަޅު ރިކަވަރީއެއް ހޯދުމަށް، އެންމެ ރަނގަޅު ގޮތުގައި ފިޓްނަސް ބެހެއްޓުމަށް އޭނާގެ ގޭގައި ބިނާކުރާ ހުރިހާ އިންފްރާސްޓްރަކްޗަރެއް"، ސަލާޒާ ބުންޏެވެ.

ރޮނާލްޑޯއަކީ އުމުރުން 38 އަހަރުގައި ޕޯޗުގަލް ގައުމީ ޓީމުގައި އަދިވެސް މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން ޔޫރޯ ކޮލިފައިންގައި ހުކުރު ދުވަހުގެ ރޭ ސްލޮވަކިއާ ޕޯޗުގަލް ބައްދަލުކުރި މެޗުގައި ރޮނާލްޑޯވަނީ 2 ގޯލު ކާމިޔާބުކޮށްފައެވެ. އެ މެޗު ޕޯޗުގަލް ކާމިޔާބުކުރީ 3-2 އިންނެވެ.

މިދިޔަ ޖެނުއަރީ މަހު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރްއާ ގުޅުނު ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ސައުދި އަރަބިއްޔާގެ ރިޔާދް ސިޓީއަށް ނިސްބަތްވާ އަލް ނަސްރްއަށް އޭނާ ވަނީ މިހާތަނަށް 30 މެޗުން 25 ގޯލް ކާމިޔާބުކޮށްދީފައެވެ.

ރޮނާލްޑޯ ސައުދީ ޕްރޯ ލީގަށް ދިއުމަށްފަހު، ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅެމުންއައި މަޝްހޫރު އެހެން ނަންތައް ވެސް މެދުއިރުމައްޗަށް މިސްރާބު ޖެހިއެވެ. އޭގެ ތެރޭގައި ރޮނާލްޑީއާ އެކު ރެއާލް މެޑްރިޑަށް ކުޅުނު ކަރީމް ބެންޒެމާ އާއި ޗެލްސީގެ ކުރީގެ ތަރި އެންގޯލޯ ކާންޓޭ އާއި ލިވަޕޫލްގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ ރޮބަޓޯ ފިރްމީނޯ އާއި ޖޯޑަން ހެންޑަސަން އަދި ފަބިނިއޯ އަދި ވުލްވްސްގެ ރޫބެން ނެވޭސް ވެސް ވަނީ އެގޮތަށް ސައުދީ ލީގަށް ބަދަލުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.