Advertisement

30 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލުޖަހާފައިވާ ރޮނާލްޑޯއަށް ހާއްސަ އެވޯޑެއް

ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔޫއެފާއިން ހާއްސަ އެވޯޑެއް ދީފިއެވެ. މި އެވޯޑު އޭނާއަށް ދީފައި ވަނީ، ޗެމްޕިއަންސް ލީގުގެ ފުރަތަމަ ސްޓޭޖުގެ މެޗުތަކުގެ ގުރުއަތު ނެގުމަށް ހާއްސަކޮށް މޮނާކޯގައި ބޭއްވި ރަސްމިއްޔާތުގައި ޔޫއެފާގެ ރައީސް، އެލެކްސެންޑަރ ކެފެރިންއެވެ.

ސައުދީ އަރިބިއްޔާގެ އަލް-ނަސްރަށް މިހާރު ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ 183 މެޗުން 140 ގޯލު ކާމިޔާބު ކޮށްފައެވެ. އެއީ އޭނާ ސްޕޯޓިން ލިޒްބަން އިން ޗެމްޕިއަންސް ލީގު ކުޅެން ފެށިތާ 18 އަހަރު ތެރޭގައި ހޯދުނު ކާމިޔާބީއެކެވެ. ރޮނާލްޑޯ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު، 2008 ވަނަ އަހަރުއެވެ.

ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގެ އިތުރު ރެކޯޑުތަކެއް ވެސް އޮންނަ ކުޅުންތެރިއެކެވެ. އެގޮތުން ތަފާތު ތިން ފައިނަލެއްގައި ގޯލު ޖަހައި، މިހާތަނަށް އެންމެ ގިނަ ފައިނަލްގައި ގޯލު ޖެހުމުގެ ރެކޯޑު ވެސް އޮންނަނީ އޭނާގެ އަތުގައެވެ. އޭނާ ވަނީ 2008، 2014 އަދި 2017 ވަނަ އަހަރުގެ ފައިނަލް މެޗުގައި ގޯލު ޖަހާފައެވެ.

މީގެ އިތުރުން، އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް އޮންނަނީ ރޮނާލްޑޯގެ އަތުގައެވެ. އެގޮތުން 2013/14 ސީޒަނުގައި 17 ގޯލު ކާމިޔާބު ކޮށްފައިވުމުގެ އިތުރުން، މި މުބާރާތުގައި އޭނާ 8 ހެޓްރިކް ވެސް ހަދާފައި ވެއެވެ.

ޗެމްޕިއަންސް ލީގުގެ 7 ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯގެ އަތުގައި ދެން އޮންނަ އަނެއް ރެކޯޑަކީ، މެދުނުކެނޑި އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. އޭނާ ވަނީ މެދުނުކެނޑި 11 މެޗުގައި ގޯލު ޖަހާފައެވެ. އެއީ ޖޫން 2017 އިން އެޕްރީލް 2018 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.