Advertisement

06 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކޮރޭޝިއާ ކޮޅަށް ގޯލު ޖަހައި ކެރިއަރުގައި 900 ގޯލު ރޮނާލްޑޯ ހަމަކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޕޯޗުގަލް އިން ކޮރޭޝިއާ 2-1 އިން  ބަލިކުރި މެޗުގައި ކާމިޔާބުކުރި ގޯލާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި އޭނާ ޖަހާފައިވާ ގޯލުގެ އަދަދު 900 އަށް އަރައިފިއެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މި މެޗުގައި ރޮނާލްޑޯގެ ގޯލު ފެނިގެން ދިޔައީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އެއީ ނޫނޯ މެންޑޭޒްގެ ގޯލުގެ ކުރިމައްޗަށް ފޮނުވާލި ހުރަހެއް، ބިމުގައި ނުޖެހެނީސް ކަނާތު ފައިން ގޯލުގެ ދާގަނޑުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު، ބެލޮން ޑިއޯ 5 ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯއަށް ރޮވުނުތަން ފެނުނެވެ. އަދި މޫނުމަތީގައި އަތް އަޅައިގެން އޭނާ ރޮމުން ވެއްޓިގަތްތަން ވެސް ފެނުނެވެ.

ގޯލު ޖެހުަމަށްފަހު ރޮނާލްޑޯ، ފޮޓީ: ގެޓީ

900 ގޯލާއެކު ރޮނާލްޑޯ އަކީ މިހާތަނަށް ކެރިއަރުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ކޮރޭޝިއާ ކޮޅަށް ޖެހި ގޯލާއެކު، ޕޯޗުގަލްގެ ޖާޒީގައި އޭނާ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 131 އަށް އަރާފައެވެ. ގައުމީ ޖާޒީގައި މި އަދަދަށް އަދި އިތުރު ކުޅުންތެރިއަކަށް ގޯލު ކާމިޔާބު ކޮށްދެވިފައެއް ނުވެއެވެ.

ރޮނާލްޑޯއާ އެންމެ ވާދަވެރި ލިއޮނެލް މެސީ އޮތީ 842 ގޯލާއެކު، ކެރިއަރުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިގެ ލިސްޓުގެ ދެވަނައިގައި ކަމަށް އީއެސްޕީއެން އިން ރިޕޯޓުކޮށްފައި ވެއެވެ. އަދި ތިން ވަނައިގައި އޮތީ، 765 ގޯލާއެކު ބްރެޒިލްގެ ޕެލޭއެވެ.

މީގެ އިތުރުން، ރޮނާލްޑޯ އަކީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ. މިކަން ފާހަގަކޮށް ޔޫއެފާ އިން ވަނީ މިދިޔަ ހަފްތާ އޭނާއަށް އެވޯޑެއް ވެސް އަރުވާފައެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި 141 ގޯލު ކާމިޔާބުކޮށްފައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއިން ފުޓުބޯޅަ ކެރިއަރު ފެށި ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ 2003 ވަނަ އަހަރުއެވެ. މެންޗެސްޓާގައި 6 ސީޒަން ހޭދަކުރުމަށްފަހު ދެން އޭނާ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. މެޑްރިޑަށް އޭނާ ކުޅެދިން 450 މެޗުން އޭނާ ވަނީ 438 ގޯލު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އިޓަލީގެ ޖުވުންޓަސްއަށް ދެ އަހަރު ކުޅުމަށްފަހު، ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އެނބުރި ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހެގް އާ ކުރިމަތިވި މައްސަލަތަކެއްގައި އޭނާ މެންޗެސްޓަރ ދޫކޮށްލިއެވެ. އަދި އޭގެ ފަހުން ސައުދީ ޕްރޯ ލީގުގެ އަލް-ނަސްރުއަށް ބަދަލުވުމަށްފަހު އަދި ވެސް ކުޅެމުން އަންނަނީ އެ ކްލަބަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.