Advertisement

18 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޖެރާޑުގެ އަލް-އިއްތިފާގު ދޫކޮށް އަޔެކްސްއަށް ބަދަލުވާން ހެންޑަސަން ނިންމައިފި

ނިމިދިޔަ 2023 ވަނަ އަހަރުގެ ޖުލައި މަހު ސައުދީ އަރަބިއްޔާގެ އަލް-އިއްތިފާގަށް ބަދަލުވި ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ޖޯޑަން ހެންޑަސަން، އެ ކްލަބް ދޫކޮށް ނެދަލޭންޑްސްގެ އަޔެކްސްއާ ގުޅުމަށް ނިންމައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އަޔެކްސްއާއެކު ހަދާ އެއްބަސްވުމުގައި ސޮއިކުރުމަށް، ބުރާސްފަތި ދުވަހު އޭނާ އެމްސްޓަޑާމަށް ދަތުރުކުރާނެއެވެ

ލިވަޕޫލް އަދި އިންގްލެންޑްގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑު ކޯޗުކޮށްދެމުން އަންނަ އަލް-އިއްތިފާގަށް ހެންޑަސަން ބަދަލުވީ 3 އަހަރުގެ ކޮންޓްރެކްޓެއްގައި، ހަފްތާއަކު 7 ލައްކަ ޕައުންޑުގެ މުސާރައަކަށެވެ. އަދި އޭނާގެ ޓްރާންސްފާ ފީ އަކީ 12 މިލިއަން ޕައުންޑެވެ. ނަމަވެސް އޭނާ އަޔެކްސްއަށް ބަދަލުވާ އަގު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ ޕްރޯ ލީގުގައި އެންމެ 17 މެޗު ކުޅުމަށްފަހު ޔޫރަޕަށް ބަދަލުވާން ހެންޑަސަން ނިންމީ، ސައުދީގައި ދިރިއުޅުމަށް އޭނާ އެހާ ހިންހަމަ ނުޖެހޭތީކަމަށް ރިޕޯޓުތައް ބުނެއެވެ

ލިވަޕޫލާއެކު ހެންޑަސަން ވަނީ 12 ސީޒަން ކުޅުފައެވެ. އަދި 2015 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ޖެރާޑު ދިއުމާ ގުޅިގެން، އެ ކްލަބުގެ ކެޕްޓަނެއްގެ ޒިންމާ ވެސް ހަވާލުކުރީ އޭނާއާއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.