Advertisement

28 Aug 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސައުދީގެ އަލް-ހިލާލްގެ ހުށަހެޅުން ގަބޫލުކޮށް ސިޓީއިން ކަންސެލޯ ވިއްކާލުމަށް ނިންމައިފި

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް މިދިޔަ ސީޒަން ކުޅެފައިވާ ޒިއާއޯ ކަންސެލޯ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-ހިލާލްއަށް ވިއްކާލުމަށް މެންޗެސްޓަރ ސިޓީއިން ނިންމައިފިއެވެ.

2019 ވަނަ އަހަރު ޖުވެންޓަސް އިން މެންޗެސްޓާ ސިޓީއަށް ބަދަލުވި ކަންސެލޯ ސައުދީ ލީގުގެ ޗެމްޕިއަނުންނަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވީ 28 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މެންޗެސްޓަރ ސިޓީ ޓީމުން 2023 ވަނަ އަހަރާއި ހިސާބަށް ގަވާއިދުން ފެނުނު ނަމަވެސް، އޭގެ ފަހުން އޭނާ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފައި ވަނީ މަދުންނެވެ. އެ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ބެޔާން މިއުނިކަށް ވެސް އޭނާ ކުޅެފައިވެއެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ބަދަލުވީ މިދިޔަ ސީޒަނަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަލް-ހިލާލް އާ އެކު ކަންސެލޯ ހަދާނީ 3 އަހަރުގެ އެގްރީމެންތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.