Advertisement

29 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މާނޭ، ފެބީނިއޯ އަދި މަހްރޭޒް ވެސް ސައުދީ ލީގަށް

ޖަރުމަން ބުންޑަސް ލީގާގެ އެންމެ ކާމިޔާބު ޓީމް އަދި ޖެހިޖެހިގެން ފާއިތުވެދިޔަ 12 އަހަރު ވެސް ބުންޑެސްލީގާ ކާމިޔާބު ކޮށްފައިވާ ބެޔާން މިއުނިކްއަށް ކުޅެމުން ދިޔަ ސެނެގާލްގެ ކުޅުންތެރިޔާ ސަޑިއޯ މާނޭ އާއި އިނގިރޭސި އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ލިވަޕޫލަށް ކުޅެމުންދިޔަ ބްރެޒިލްގެ މިޑްފިލްޑަރ ފެބީނިއޯ އަދި އިނގިރޭސި ލީގު ޗެމްޕިއަންކަން ފާއިތުވި 3 އަހަރު ހޯދާ، އަދި މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ އަލްޖީރިއާގެ ރިޔާދް މަހްރެޒް ވެސް ސައުދީ ޕްރޯ ލީގަށް ބަދަލުވުމަށް ނިންމައިފިއެވެ.

އެގޮތުން މާނޭ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ "އަލް ނަސްރް" އަށެވެ، އެއީ 40$ މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެމުން އަންނަ ކްލަބެވެ.

ބެޔާން މިއުނިކް އަށް ލިވަޕޫލް އިން މާނޭ ބަދަލުވީ މިދިޔަ ސީޒަންގައެވެ. ބެލެވޭ ގޮތުގައި ބެޔާނަށް އެއް ސީޒަން ކުޅުމަށްފަހު "އަލް ނަސްރް" އަށް މާނޭ ބަދަލުވާން މި ނިންމީ ބެޔާން އާއި އޮތް ގުޅުން އެހާ ރަގަޅު ނުވުމުންނެވެ. މި ދިޔަ ސީޒަންގެ މެދުތެރެއިން، ކްލަބްގެ ޗޭންޖިންގ ރޫމްގައި ހިނގި ހޫނުގަދަ ބަހުސްއެއްގައި، މާނޭ އަދި ޖަރުމަނުގެ ލެރޯއީ ސާނޭ ވަނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ހަމަލާ ވެސް ދީފައެވެ.

ފެބީނިއޯ ބަދަލުވީ "އަލް އިއްތިހާދް" އަށެވެ، އަދި މި ޓީމުން އޭނާ އާއި ގުޅޭނެ މަޝްހޫރު ނަންތަކަށް ބަލާލާއިރު ރެއާލް މެޑްރިޑުން ބަދަލުވި ކަރީމް ބެންޒެމާ އާއި ޗެލްސީއިން ބަދަލުވި އެންގޯލޯ ކާންޓޭ ހިމެނެއެވެ. އުމުރުން 29 އަހަރުގެ ފެބީނިއޯ ލިވަޕޫލަށް ބަދަލުވީ 2018 ވަނަ އަހަރު މޮނާކޯ އިންނެވެ. އަދި އޭނާ ވަނީ ލިވަޕޫލަށް 151 މެޗު ކުޅެފައެވެ.

"ވަން ޓަޗް" އިން ބޯޅަ ކޮންޓްރޯލް ކުރުމަށް، ނުވަތަ ބޯޅައިގައި ކުރާ ފުރަތަމަ "ޓަޗް" ޗާލުވެފަ މޮޅުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އަލްޖީރިއާގެ މަހްރޭޒް ބަދަލުވީ "އަލް އަހްލީ" އަށެވެ، އެއީ ގާތްގަނޑަކަށް 38.5$ މިލިއަން އަށެވެ. މި ބަދަލާއިއެކު "އަލް އަހްލީ" އިން މިވަނީ ވަރުގަދަ "ސްޓްރައިކިންގ ފޯސް" އެއް ގާއިމްކޮށްފައެވެ. އެގޮތުން އެޓީމަށް ބަދލުވި ރޮބާޓޯ ފިރްމީނޯ އާއި ނިއުކާސްލް އިން ބަދަލުވި ސެއިންޓް މެކްސިމިން ވެސް އެ ޓީމުން ފެންނާނެއެވެ.

މަހްރޭޒް މެންޗެސްޓަރ ސިޓީއަށް ބަދލުވެފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި އޭނާވަނީ 145 މެޗުން 43 ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.