Advertisement

11 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޕްރިމިއަ ލީގު ރޭސް ވަރަށް ވާން ވެއްޖެ، "ބޮނބި ނަރަކުން ވެސް ކެނޑިދާނެ"

އިންގްލިޝް ޕްރިމިއަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ލީގު ރޭސް އިހުނަށް ވުރެން ވާންވެއްޖެއެވެ. މި ނަތީޖާގެ ސަބަބުން، މި ދަނޑިވަޅުގެ ފައިދާ ނަގާފައި މިވަނީ އާސެނަލްއެވެ.

ހޮނިހިރު ދުވަހުގެރޭ އާސެނަލްއިން ވަނީ ބްރެންޓްފޯޑު ބަލިކޮށް، ލީގުގެ އެއްވަނައަށް އަރާފައެވެ. އަދި ސިޓީ އާއި ލިވަޕޫލްގެ މެޗު އެއްވަރުވުމުން، ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ވިޔަސް، އާސެނަލް އޮތީ 7 ގޯލުގެ ތަފާތުން ލީގުގެ އެއްވަނައިގައެވެ

އެގޮތުން އާސެނަލް އާއި ލިވަޕޫލަށް 28 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސިޓީ އޮތީ މި ދެ ޓީމަށް ވުރެން 1 ޕޮއިންޓު މަދުން، 63 ޕޮއިންޓާއެކުއެވެ

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. އެ ޓީމަށް މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ކޯނަރު، ކެވިން ޑި ބްރޫނޭ ތިރިން ނަގައިދިނީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ސްޓޯންސްއަށެވެ. އޭނާ ގޯލަށް ބޯޅަ ފޮނުވާލީ ވަރަށް ފަސޭހަކަމާއެކުއެވެ

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަޕޫލްގެ އުރުގުއޭ ފޯވާޑް، ނުނިއޭޒް އަށް ސިޓީގެ ކީޕަރު އެޑަސަން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާއެވެ

ލީގު ރޭހުގައި ދެން އެންމެ މުހިންމުވާނެ މެޗެއްކަމަށް ބެލެވޭނީ މީގެ ދެ ހަފްތާ ފަހުން އާސެނަލް އާއި ސިޓީ ބައްދަލުކުރާ މެޗެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.