Advertisement

24 Apr 2024
އިންގްލިޝް ޕްރިމިއަ ލީގް
މިފްތާޙް މުޙައްމަދު

ފަސް ގޯލުން ޗެލްސީ ބަލިކޮށް، އާސެނަލް ލީގު ރޭހަށް ކުރާ އުއްމީދު އައުކޮށްފި

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި 5-0 އިން ޗެލްސީ ބަލިކޮށް، އެ ޓީމުން ޕްރިމިއަ ލީގު ކާމިޔާބުކުރުމަށް ކުރާ އުއްމީދު އައުކޮށްފިއެވެ.

މިއީ 1986 ވަނަ އަހަރަށްފަހު ލަންޑަންގެ ޓީމަކާ ދެކޮޅަށް ކުޅެ، މިހާ ބޮޑު ތަފާތަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ޗެލްސީއާ ދެކޮޅަށް އާސެނަލް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މި މެޗުގައި އާސެނަލްއިން ވަނީ މެޗުގެ 4 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލެއާންޑްރޯ ޓްރޮސާޑްއެވެ. އާސެނަލްގެ ބާކީ ގޯލުތައް ފެނިގެން ދިޔައީ ފަހު ހާފުގެ، 18 މިނެޓުގެ ތެރޭގައެވެ.

ޗެލްސީއަށް 91 މެޗު ކުޅެދިނުމަށްފަހު އާސެނަލްއަށް ބަދަލުވި، ކައި ހަވަޓްސްވަނީ ޗެލްސީކޮޅަށް 2 ގޯލު ޖަހާފައެވެ. މިއީ، ޗެލްސީއިން ބަދަލުވި ކުޅުންތެރިއަކު، އެއް މެޗެއްގައި އެ ޓީމުގެ ކޮޅަށް 2 ގޯލު ޖެހި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަމެވެ.

އާސެނަލްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ކަނާތް ފަރާތުން ފަހަތަށް ކުޅޭ ބެން ވައިޓްއެވެ.

މި މެޗުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑު ވަނީ ނަތީޖާ ބަދަލު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ މި މެޗުގައި ގޯލު ޖެހުމަށް 8 ފުރުސަތު ތަނަވަސްކޮށްދިން އިރު، މީގެ ތެރެއިން 2 ފުރުސަތަކުން ވަނީ ގޯލު ކާމިޔާބު ކޮށްފައެވެ.

ޗެލްސީއާ ދެކޮޅަށް ހޯދި 3 ޕޮއިންޓާއެކު ޖުމްލަ 77 ޕޮއިންޓު ހަމަކޮށް، އާސެނަލް މިވަނީ ތާވަލުގެ އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއްވެސް ނަގާފައެވެ. ލީގުގެ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 74 ޕޮއިންޓާއެކު ލިވަޕޫލްއެވެ. އަދި އާސެނަލްއަށް ވުރެން ދެ މެޗު މަދުން ކުޅެފައިވާ މެންޗެސްޓަރ ސިޓީ އޮތީ 73 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.