Advertisement

02 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަނިޔާއިން އެނބުރި އައިގޮތަށް ނުނޭޒް ލިވަޕޫލަށް މުހިންމު 3 ޕޮއިންޓު ހޯދައިދީފި

އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިގޮތަށް، ޑާވިން ނުނިއޭޒް އިންގްލިޝް ޕްރިމިއަ ލީގުގައި ލިވަޕޫލަށް މުހިންމު 3 ޕޮއިންޓު ހޯދައިދީފިއެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި 17 ވަނައިގައި އޮތް ނޮޓިންގްހަމް ފޮރެސްޓް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 އިންނެވެ.

މެންޗެސްޓަރ ސިޓީ އާއި އާސެނަލް ލިވަޕޫލުގެ ފަހަތުގައި އޮތީ އެންމެ ޕޮއިންޓެއް ގެއްލުނަސް އޭގެ ހިތި ނަތީޖާ ވަގުތުން ފެންނާނެހާ ކައިރީގައި ކަމުގައިވުމުން، މެޗުން 3 ޕޮއިންޓު ނެގުން ލިވަޕޫލަށް އޮތީ ވަރަށް މުހިންމުވެފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިންމު ސްޓްރައިކަރުން ކަމުގައިވާ މުޙައްމަދު ސަލާހު އާއި ޑިއެގޯ ޖޯޓާ އަދި ޑޮމެނިކް ސޮބޯސްލައި ކުޅުމާއި ދުރުގައި ތިބެން ޖެހުމަކީ، ލިވަޕޫލަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ. އޭގެ ހެއްކަކީ ފޮރެސްޓުގެ ގޯލަށް ލިވަޕޫލުން މިރޭ 22 ޝޮޓު ފޮނުވާލި ނަމަވެސް، އެންމެ ޝޮޓެއް ގޯލާ ދިމާކުރެވިފައިވުމެވެ.

ނުނޭޒް ކުޅެން ނިކުތީ މެޗުގެ 60 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަންގެ ބަދަލުގައެވެ. ގޯލެއް ކާމިޔާބު ނުކުރެވި ކޮލްޕަށް ގޮތް ހުސްވެފައި ވަނިކޮށް، ނުނޭޒުގެ ގޯލު ފެނިގެން ދިޔައީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތު ކުޅެމުން ދަނިކޮށް، 9+90 ވަނަ މިނެޓުގައި މެކަލިސްޓާގެ ރީތި ހުރަހަކުން ނުނޭޒް ބޮލުން ޖަހާ ކާމިޔާބުކުރި ގޯލުންނެވެ.

މިއީ ކްލޮޕް ލިވަޕޫލާ ހަވާލުވިފަހުން، 90 ވަނަ މިނެޓުގެ ފަހުން ކާމިޔާބުކުރި ގޯލުތަކުން ލިވަޕޫލް މޮޅުވި 18 ވަނަ މެޗެވެ. މީގެ އިތުރުން، ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުމެ ލިވަޕޫލުގެ ކުޅުންތެރިން މި ސީޒަނުގައި މިހާތަނަށް 43 ގޯލު ކާމިޔާބު ކުރުމުގައި (21 ގޯލާއި 22 އެސިސްޓު) ހިއްސާވެފައިވެއެވެ. މިއީ މި ސީޒަންގައި ޔޫރަޕްގެ ރެކޯޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.