Advertisement

27 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކްލޮޕްގެ ބަދަލުގައި ލިވަޕޫލާއި ހަވާލުވާނީ އާރނޭ ސްލޮޓް

ލިވަޕޫލް ފުޓްބޯލް ކްލަބްގެ ކޯޗު، ޔާގެން ކްލޮޕް، ގެ ބަދަލުގައި އެ ކްލަބާ ހަވާލުވާނީ، މިހާރު ނެދަލޭންޑްސްގެ ފެޔެނޫދުގެ ކޯޗުގެ މަގާމުގައި ހުރި އެ ގައުމަށް ނިސްބަތްވާ އާރނޭ ސްލޮޓްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމަށް ކްލޮޕް ނިންމާފައިވާތީ އޭނާގެ ބަދަލުގައި އެ މަގާމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ލިވަޕޫލުން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ލިވަޕޫލުން އެކަން ކާމިޔާބުކޮށްފިކަމުގެ ހަބަރުތައް ފެތުރިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ. އަދި މި ހަބަރު، އިނގިރޭސިވިލާތާއި ނެދަލޭންޑްސްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވެސް ކަށަވަރުކޮށްދެއެވެ.

ހަބަރު ފެތުރިފައިވާ ގޮތުގައި، ލިވަޕޫލުން ސްލޮޓް ގެނައުމުގެ ފީއެއްގެ ގޮތުގައި 11 މިލިއަން ޔޫރޯ ފެޔެނޫދުއަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. މި އަގާއެކު އޭނާ ވެގެންދާނީ ނެދަލޭންޑްސްގެ އެންމެ އަގުބޮޑު ކޯޗަށެވެ.

ފެޔެނޫދާއިއެކު ސްލޮޓް އަދި ލީގުގައި ބާކީ 3 މެޗު ކުޅެން ޖެހެއެވެ. އެ ކުލަބު މިހާރު އޮތީ 75 ޕޮއިންޓާއެކު ޑަޗް ލީގުގެ ދެވަނައިގައެވެ. އެއް ވަނައިގައި އޮތް ޕީއެސްވީއަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.

ފެޔެނޫދާއި ސްލޮޓް ހަވާލުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން މިހާތަނަށް އެ ޓީމު ކުޅެފައިވާ 147 މެޗުގެ ތެރެއިން 95 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި 29 މެޗުން އެއްވަރުވެފައިވާއިރު، ބަލިވެފައިވަނީ 23 މެޗުންނެވެ.

ސްލޮޓްވަނީ ފެޔެނޫދާއެކު ޑަޗް ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފައެވެ. އަދި އޭގެ އިތުރުން ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން ކަޕް ވެސް މި ސީޒަނުގައި ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.