Advertisement

29 Apr 2024
އިންގްލިޝް ޕްރިމިއަ ލީގް
މިފްތާޙް މުޙައްމަދު

އާޓޭޓާގެ 100 ވަނަ މޮޅާއެކު އާސެނަލް ލީގު ތައްޓާ 270 މިނެޓު ކައިރިޔަށް

އިންގްލިޝް ޕްރިމިއަ ލީގުގައި އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މުހިންމު މެޗު ކާމިޔާބުކޮށް،  އާސެނަލްއާ ހަވާލުވިފަހުން އެ ޓީމުގެ ކޯޗު މައިކަލް އާޓޭޓާ 100 ވަނަ މޮޅު ހާސިލްކޮށްފިއެވެ. މިއީ އާޓޭޓާގެ ބެލުމުގެ ދަށުން އާސެނަލް ކުޅުނު 169 ވަނަ މެޗެވެ. އާސީން ވެންގާއަށް މި އަދަދަށް މެޗުން މޮޅު ވެވުނީ 179 މެޗުންނެވެ. އެއީ އާޓޭޓާއަށް ވުރެން އިތުރަށް 10 މެޗު ކުޅެގެންނެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އާސެނަލްގެ ގޯލުތައް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ގޯލަކީ ޓޮޓެންހަމްގެ ޑިފެންޑަރ، ހޮއިބިއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކުރީ ބުކާޔޯ ސަކާ އަދި ކައި ހަވަޓްސްއެވެ. ސަކާގެ މި ގޯލާއެކު އޭނާ މިވަނީ މިހާތަނަށް ލީގުގައި 15 ގޯލު ހަމަކޮށްފައެވެ. މިއީ މިހާތަނަށް އެއް ސީޒަނެއްގައި އޭނާއަށް މި އަދަދަށް ގޯލު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ޓޮޓެންހަމްގެ ގޯލުތައް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ރޮމޭރޯ ކާމިޔާބުކުރިއިރު، ދެވަނަ ގޯލަކީ އެ ޓީމަށް ލިބުނު ކޯނަރަކުން ސޮން ހިއުންގް-މިން 87 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު މެޗުގެ ނަތީޖާ އަނބުރާލުމަށް ޓޮޓެންހަމް އިތުރަށް މަސައްކަތްކުރިއެވެ. ނަމަވެސް މިކަން ހާސިލްނުވެ، މެންޗެސްޓާ ސިޓީއަތުން ތަށި އަތުލުމަށް އާސެނަލް ކުރަމުންދާ މަސައްކަތަށް ލިބުނީ އިތުރު ހިއްވަރެކެވެ. ދެން އޮތީ އެ ޓީމަށް ލީގުގައި އޮތް އެންމެ މުހިންމު 270 މިނެޓުގެ ކުޅުމެވެ. މި 3 މެޗަކީ އެ ޓީމާއި ލީގު ތައްޓާއޮތް ދުރުމިންކަމުގައިވުން ވެސް އެކަށީގެންވެއެވެ.

އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ވަނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، އާސެނަލްއާ އެއް ޕޮއިންޓު ކައިރިޔަށް ޖެހިލާފައެވެ. އަދި ސިޓީއަށް އޮތް އެޑްވަންޓޭޖަކީ އާސެނަލްއަށް ވުރެން އެއް މެޗު މަދުން ކުޅެފައިވުމެވެ.

މި މެޗުގައި ސިޓީގެ ގޯލުތައް ކާމިޔާބުކޮށްދިފައިވަނީ ވާޑިއޯލްއާއި ހާލަންޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.