Advertisement

03 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ރަޝްފޯޑުގެ މިސައިލް ހަމަލާއިން ލިބުނު ގެއްލުން ފޫބައްދައިދިނީ ފޯޑަން، އަދި ގެއްލުމުގެ ހަނދާންތައް ފޮހެލަދިނީ ހާލަންޑު

އިންގްލިޝް ޕްރިމިއަ ލީގުގައި މެންޗެސްޓަރގެ ދެ ޓީމު ބައްދަލުކުރި މެޗުގެ ކުރީކޮޅު ޔުނައިޓުގެ މާކަސް ރަޝްފޯޑު މިސައިލެއްގެ ބާރުމިނުގައި ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ އެތެރެއަށް ވަދެ، ލީގުގެ ޓޭބަލް ހައްސާސް ފައްތަރަކަށް އޮތް ދަނޑިވަޅެއްގައި މި ގޯލުގެ ސަބަބުން ސިޓީއަށް ލިބިދާނެ ގެއްލުމެއްގެ ދިފާއުގައި ނިކުތީ ފިލް ފޯޑަންއެވެ

ޔުނައިޓެޑުން މެޗުގެ ކުރީ ކޮޅު ލީޑު ނެގިފަހުން، ރަޝްފޯޑަށް ވަނީ ލީޑު އިތުރު ކުރުމަށް ރަގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެއް ފުރުސަތުގައި ބޯޅައިގައި ރަނގަޅަށް ޖަހާ ނުލެވުނުއިރު، އަނެއް ފުރުސަތު ދިފާއުކުރީ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާގެ ބާރު ދުވެއްޔެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް އެއްވަރު ކުރާނެ ރަގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މުޅިން ހުސްކޮށް އޮތް ގޯލަށް ހާލަންޑު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު ފޯޑެން ކާމިޔާބުކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އަދި 80 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ ސިޓީއަށް ލީޑު ނަގާދީފައި ވަނިކޮށް ހާލަންޑު ވަނީ އިތުރު ވަގުތުގައި ސިޓީއަށް ތިން ވަނަ ގޯލެއް ކާމިޔާބުކޮށްދީފައެވެ

މި ނަތީޖާއާ އެކީ ސިޓީ މިހާރު ވެސް އޮތީ ލިވަޕޫލްގެ ފަހަތުން ލީގުގެ ދެވަނައިގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.