Advertisement

19 May 2024
އިންގްލިޝް ޕްރިމިއަ ލީގް
މިފްތާޙް މުޙައްމަދު

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ އިން ލީގު ކާމިޔާބުކޮށްފި

އިންގްލިޝް ޕްރިމިއަ ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗެސްޓަރ ސިޓީއިން ކާމިޔާބުކޮށްފިއެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެންމުން އަންނަ މެންސިޓީއިން މި ހޯދި ކާމިޔާބަކީ އަދި މިހާތަނަށް އިނގިރޭސި ލީގުގައި އެހެން ޓީމަކަށް ހޯދިފައިވާ ކާމިޔާބެއް ނޫނެވެ. މީގެ ކުރިން ޖެހިޖެހިގެން އެންމެ ގިނަ ފަހަރަށް ލީގު ކާމިޔާބު ކުރެވިފައިވަނީ ތިން ފަހަރަށެވެ.

ލީގުގެ ފަހުމެޗާ ހަމައަށް އައިއިރު މެންސިޓީއަށް ލީގު ޔަގީންވެފައި ނުވިނަމަވެސް، ފަހުމެޗުގެ ދެވަނަ މިނެޓުގައި ފިލް ފޮޑެން ކާމިޔާބުކުރި ގޯލާއެކު، ގާތްގަނޑަކަށް އެ ޓީމަށް ލީގު ޔަގީންކުރެވުނެވެ.

ލީގު ތައްޓާ ދެން އެންމެ ވާދަކުރަމުން ދިޔައީ ގާޑިއޯލާގެ ކުރީގެ ދަރިވަރު، މައިކަލް އާޓޭޓާގެ އާސެނަލްއެވެ. ފަހުމެޗާ ހަމައަށް އައިއިރު މެންސިޓީއިން ދެ ޕޮއިންޓުގެ ލީޑެއް ނަގާފައިވުމުން، އާސެނަލްއަށް ލީގު ލިބެން އޮތީ އެމީހުންގެ މެޗު ކާމިޔާބު ކުރިނަމަވެސް މެންސިޓީ ބަލިވެއްޖެނަމައެވެ.

މެންސިޓީއިން ވެސްހޭމް 3-1 އިން ބަލިކުރިއިރު، މެޗުގެ ފަހު މިނެޓު ކޮޅުގައި ޖެހި ގޯލަކާއެކު އާސެނަލް ވެސް ވަނީ ފަހަތުން އަރާ އެވަޓަންގެ މައްޗަށް 2-1 ގެ ކާމިޔާބެއް ހޯދާފައެވެ.

މެންސިޓީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗުގައި އެ ޓީމުގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްދިނީ ފޮޑެންއެވެ. އެއީ މެޗުގެ ދެވަނަ މިނެޓާއި 18 ވަނަ މިނެޓުގައި ޖެހި ގޯލުތަކާއެކުއެވެ. ފުރަތަމަ ހާފު ނިމުމުގެކުރިން ވެސްހޭމްގެ މުޙައްމަދު ކުއްދޫސް ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ރޮޑްރީ ކާމިޔާބުކުރި ގޯލަކާއެކު، ވެސްޓްހޭމްއަށް މެޗު ގެއްލުނެވެ.

އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ އެވަޓަންއެވެ. އަދި އެވަޓަންގެ ގުއެޔޭ 40 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްފައިވަނިކޮށް، އޭގެ 3 މިނެޓުފަހުން އާސެނަލްގެ ޓޮމިޔަސޫ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލް މެޗު ކާމިޔާބުކުރީ، މެޗުގެ 89 ވަނަ މިނެޓުގައި ކައި ހަވަޓްސް ކާމިޔާބުކުރި ގޯލަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.