Advertisement

24 Sep 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އާސެނަލް މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ރޮޑްރީ ދެން މި ސީޒަނުގައި ނުފެނިދާނެ

އިންގްލިޝް ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގައި، ޕެޕް ގާޑިއޯލާ އެންމެ އިތުބާރުކުރާ އެއް ކުޅުންތެރިޔާ ކަމުގައިވާ ސްޕެއިންގެ މިޑްފީލްޑަރ، ރޮޑްރީގޯ ހެނާންޑޭޒް ކަސަންޓޭ (ރޮޑްރީ) އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ދެން މި ސީޒަނުގައި އެއްވެސް މެޗެއް ނުކުޅެވޭނެކަމަށް، މި އަނިޔާއާ ގުޅިގެން ފުރަތަމަ ހެދި ޓެސްޓުތަކުގެ ނަތީޖާތައް ބުނެފިއެވެ.

ސިޓީ އޮފް މެންޗެސްޓަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި 28 އަހަރުގެ ރޮޑްރީއަށް އަނިޔާވެ، އޭނާ ބަދަލުކޮށްފައިވަނީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ރޮޑްރީއަށް އަނިޔާވި ހާދިސާގައި އާސެނަލްގެ ތޯމަސް ޕާޓޭގެ ފައިން ރޮޑްރީގެ ފައިގައި ޖެހުނީ މަޑުމަޑުން ނަމަވެސް، އޭނާއަށް ބޮޑަށް އަނިޔާވީ ފައި އެޅުނު ގޮތަކުންނެވެ.

ފުރަތަމަ ހެދި ޓެސްޓުތަކުގެ ނަތީޖާތައް ދައްކާ ގޮތުން، އަނިޔާ ލިބިފައިވަނީ ރޮޑްރީގެ އޭސީއެލް އަށެވެ. ނަމަވެސް އޭނާގެ ހާލަތާމެދު ގޮތެއް ނިންމާނީ އިތުރު ޓެސްޓުތަކެއް ހެދުމަށްފަހުކަމަށް މެންޗެސްޓަރ ސިޓީއިން ބުނެފައިވެއެވެ.

ރޮޑްރީއަށް އަނިޔާވިއިރު އޭނާގެ ބަދަލުގައި ކުޅޭނެ އެ ފެންވަރުގެ ކުޅުންތެރިއެއް ބެންޗުގައި ނެތުމަކީ ގާޑިއޯލާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރޮޑްރީގެ ޕޮޒިޝަނަށް، އިނގިރޭސި މިޑްފިލްޑަރ ކެލްވިން ފިލިޕްސް 2022 ގައި ގެނައި ނަމަވެސް، ގާޑިއޯލާ އެހާ ގަޔާނުވެ، އޭނާ ވަނީ މި ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން، ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި  އިޕްސްވިޗަށް ދޫކޮށްފައެވެ. އެހެންކަމުން، ދެން އެ ޕޮޒިޝަނުގައި ބޭނުންކުރެވޭނީ، ކޮވަސިޗާއި، ގުންޑޮގަން ނޫނީ ރިކޯ ލެވިސްއެވެ.

ރޮޑްރީއާއި ނުލައި ސިޓީއަށް ނެރެވުނު ނަތީޖާތަކަށް ބަލާއިރު، އޭނާ ނެތްތަން ފޫބެއްދުމަށް އެ ޓީމުން ވަރަށް މަސައްކަތް ކުރަންޖެހޭނެއެވެ. މިދިޔަ ސީޒަން ފެށުނު އިރު އޭނާ ސަސްޕެންޝަނެއްގައި ހުރުމުން، ސީޒަންގެ ފުރަތަމަ 3 މެޗުގައި އޭނާއަށް ކުޅެވިފައި ނުވާއިރު، ސިޓީ ވަނީ އެ 3 މެޗުން ވެސް ބަލިވެފައެވެ. ރޮޑްރީ ޓީމުގައި ހުރެގެން މިދިޔަ ސީޒަނުގައި ސިޓީ ބަލިވެފައިވަނީ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އަތުން އެކަންޏެވެ.

ރޮޑްރީއަކީ ނިމިދިޔަ ޔޫރޯގެ ޕްލޭޔަރ އޮފް ދަ ޓޯނަމެންޓެވެ. މީގެ އިތުރުން މި އަންނަ މަހު ހޮވާ ބެލަން ޑި އޯރ އެވޯޑަށް ވެސް އޭނާ ޝޯޓު ލިސްޓު ކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.