Advertisement

12 Apr 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެޓްލާންޓާ އަތުން ބަލިވެ ޔޫރަޕްގައި ލިވަޕޫލަށް ކަޅު ދުވަހެއް

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އިޓަލީގެ އެޓްލާންޓާއިން 3-0 އިން ލިވަޕޫލް ބަލިކޮށްފިއެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުން ބަލިވުމުން، އެ ޓީމު ބަލިނުވެ 33 މެޗަށް ދަންމާލި ރެކޯޑު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. ލިވަޕޫލް އެންމެ ފަހުން ބަލިވެފައިވަނީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރެއާލް މެޑްރިޑް އަތުންނެވެ.

މި މެޗުގައި އެޓްލާންޓާއިން ލީޑު ނެގީ ފުރަތަމަ ހާފުއެވެ. އެއީ 38 ވަނަ މިނެޓުގައި ޖިއާންލޫކާ ސްކަމާކާ ޖެހި ގޯލަކުންނެވެ. އަދި އޭނާ ވަނީ ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް އެޓުލާންޓާއަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 7 މިނެޓަށް ވެފައިވަނިކޮށް، މާރިއޯ ޕެސަލިޗެއެވެ.

ލިވަޕޫލަށް ބަލައިލާއިރު، މުޅި މެޗުގައި ވެސް ފެނިފައިވަނީ ދަށް ކުޅުމެކެވެ. ބޭކާރު މިސްޓޭކުތަކާއި، ޑިފެންސްކުރުމުގައި އެޓްލާންޓާގެ ކުޅުންތެރިންނަށް މާބޮޑަށް ޖާގަ ދެވުނުތަނެވެ

މި ނަތީޖާއާ އެކީ ދެން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ، މިއީ ޔޫރަޕިއަން މުބާރާތެއްގައި ލިވަޕޫލާއެކު އެންފީލްޑްގައި ކްލޮޕް ފެންނާނެ އެންމެ ފަހު ފަހަރު ކަމާމެދު އުފެދޭ ސުވާލެވެ. އަންނަ ހަފްތާ ކުއާޓާ ފައިނަލްގެ ދެވަނަ ލެގު އިޓަލީގައި ކުޅޭއިރު، މި ނަތީޖާ ބަދަލުކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ

ނަމަވެސް ލިވަޕޫލަކީ މިކަހަލަ އުނދަގޫ ހާލަތްތަކުން އަރައިގަނެވޭނެ ޓީމެއްކަން އެމީހުން ވަނީ މީގެ ކުރިން ސާބިތުކޮށްދީފައެވެ. އެގޮތުން 2019 ވަނަ އަހަރު ބާސެލޯނާ ބަލިކުރުން، އަދި އޭގެ ތަންކޮޅެއް ކުރިޔަށް ޖެހިލާއިރު 2005 ވަނަ އަހަރު އިސްތާންބުލްގައި އޭސީ މިލާން ބަލިކުރި ހަނދާންތަކަކީ ލިވަޕޫލްގެ ސަޕޯޓަރުން ހަނދާނުން ފޮހެވޭނެ މެޗުތަކެއް ނޫނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، މި ނަތީޖާއަކީ އެ ޓީމަށް ބަދަލު ނުކުރެވޭނެ ނަތީޖާއެއް ނޫންކަމަށާއި، ޓީމަށް ރަގަޅަށް ޕާފޯމް ކުރެވިއްޖެނަމަ އެކަން ކުރެވޭނެ ކަމަށެވެ

މި ހާލަތާ ގުޅިގެން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ، 3-0 ގެ ނަތީޖާއާއެކީ، ދެވަނަ ލެގަކީ ވަރަށް އުނދަގޫ މެޗަކަށް ވެގެން ދާނެ ކަމަށާއި، ނަމަވެސް އެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރު ކުރެވޭނެ ކަމުގެ އުންމީދު ކުރާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.