ލެވަކޫސެންގެ ރެކޯޑު ނިމުމަކަށް ގެނަސް، އެޓްލާންޓާއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
އިނގިރޭސިވިލާތަށް އުފަން ނައިޖީރިއާގެ އަޑެމޯލާ ލުކްމާންގެ ހެޓްރިކަކާއެކު ބެޔާން ލެވަކޫސެން 3-0 އިން ބަލިކޮށް، އެޓަލާންޓާއިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފިއެވެ. އަދި އެޓަލާންޓާގެ މި ކާމިޔާބާއެކީ، ލެވަކޫސެން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. ޔޫރޮޕާ ލީގުގެ ފައިނަލް މެޗާއި ލެވަކޫސެން އެންމެ ފަހުން ބަލިވެފައިވާ ދުވަހާއި ދެމެދުގައި 361 ދުވަސް ހޭދަވެފައިވެއެވެ.