Advertisement

ފޮޓޯ ކްރެޑިޓް: ގެޓީ އިމޭޖަސް

27 Oct 2023
ކުޅިވަރު

ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު

ޔޫއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ނެދަލޭންޑްސްގެ އަޔެކްސް އާއި ބައްދަލު ކުރި މެޗު 2-1 އިން ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރައިޓަންއިން ތާރީހީ މޮޅެއް ހޯދައިފިއެވެ. މިއީ ޔޫރަޕްގެ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެއްގައި ބްރައިޓަން މޮޅުވި ފުރަތަމަ މެޗެވެ. މި މޮޅާއެކު ނޮކް-އައުޓް ބުރަށް ދިއުމުގެ ފުރުސަތު ބްރައިޓަންއަށް ވެސް އެބައޮތެވެ.

މި ސީޒަންގެ ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި އޭއީކޭ އެތެންސް އާ ބައްދަލުކުރި މެޗުން ބްރައިޓަން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި މާސޭއާ އެއްވަރުކޮށް އެ ޓީމުންވަނީ ޕޮއިންޓެއް ހޯދާފައެވެ. އަދި އަޔެކްސް މެޗުން ލިބުނު 3 ޕްއިންޓާއެކު، ބްރައިޓަން މިހާރު އޮތީ ގްރޫޕްގެ 3 ވަނައިގައެވެ.

ބްރައިޓަންއިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެ ހާފުގައެވެ. އެގޮތުން އެމީހުންގެ ފުރަތަމަ ގޯލު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖާއޯ ޕެޑްރޯއެވެ. މިއީ ޔޫރޮޕާ ލީގުގައި އޭނާ ޖެހި 4 ވަނަ ގޯލެވެ. އަދި އެމީހުންގެ ދެވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ، މެޗުގެ 53 ވަނަ މިނެޓުގައި އަންސޫ ފާޓީއެވެ.

މުބާރާތުގެ ފުރަތަމަ މޮޅުގެ އިތުރުން، އަޔެކްސް ބަލި ކުރެވުމަކީ ބްރައިޓަންއަށް ވަރަށް ތާރީހީ ކަމެކެވެ. ސަބަބަކީ އަޔެކްސް އިން 1994-95 ސީޒަނުގައި ޔޫރަޕިއަން ކަޕް ނެގި އިރު، ބްރައިޓަން ކުޅުނީ އިނގިރޭސި 3 ވަނަ ލީގުގައެވެ. އެ ސީޒަން އެމީހުން ނިންމާލީ 16 ވަނައިގައެވެ. އެހެންކަމުން، މި މޮޅުން ރަމްޒުކޮށްދެނީ ފާއިތުވި 30 އަހަރުގެ ތެރޭގައު އެ ޓީމުން ހޯދާފައިވާ ބޮޑު ކުރިއެރުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.