Advertisement

19 Apr 2024
ކުޅިވަރު

ލެވަކޫސެން ބަލިނުވެ 44 މެޗު ހަމަކޮށް، ޔޫރޮޕާ ލީގުގެ ސެމީއަށް

ނިމިދިޔަ ހަފްތާގައި ބުންޑެސްލީގާގެ ތަށި ޔަގީންކޮށްފައިވާ ބެޔާން ލެވަކޫސެންއިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅެ، ލުވެކޫސެން އިން ސެމީގެ ޖާގަ ހޯދީ 3-1 ގެ އެގްރިގޭޓު ސްކޯއަކުންނެވެ

ބުރާސްފަތި ދުވަހުގެ ރޭ އިނގިރޭސިވިލާތުގައި ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު 1-1 އިން އެއްވަރުވުމުން، އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު މިވަނީ 44 މެޗަށް އިތުރުވެފައެވެ. ނަމަވެސް މި މެޗުން ލެވަކޫސެން ސަލާމަތްވެފައިވަނީ ވަރަށް ހަނިކޮށެވެ. ވެސްޓް ހޭމްއިން މެޗުގެ 13 ވަނަ މިނެޓުގައި މައިކަލް އެންޓޯނިއޯގެ ގޯލަކުން ލީޑު ނަގާފައިވަނިކޮށް، ލެވަކޫސެންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، 89 ވަނަ މިނެޓުގައި ޖެރެމީ ފްރިމްޕޮންގް ކާމިޔާބުކުރި ގޯލަކުންނެވެ

ސެމީ ފައިނަލްގައި ލެވަކޫސެން ބައްދަލުކުރާނީ އިޓަލީގެ އޭއެސް ރޯމާއާއެވެ

ލެވަކޫސެންގެ ތާރީހުގައި މިއީ އާދަޔާ ހިލާފު ސީޒަނެކެވެ. މިދިޔަ ހަފްތާގައި ލީގު ކަށަވަރުކުރިއިރު، މީގެ ކުރިން އެ ޓީމަށް މިކަން ހާސިލްކުރެވިފައެއް ނުވެއެވެ. އަދި އެ ޓީމުން އަންނަނީ މި އަހަރު ތިން ތަށި ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދެން ދަތުރުކޮށްފައިވަނީ، ލިވަޕޫލް ކަޓުވާލުމަށްފަހު އެޓްލާންޓާ އާއި އޭސީ މިލާން ކަޓުވާލުމަށްފަހު ރޯމާ އަދި ބެންފީކާ ކަޓުވާލުމަށްފަހު މާސޭއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.