Advertisement

03 May 2024
ޔޫރޮޕާ ލީގު
މިފްތާޙް މުޙައްމަދު

ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް

ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.

މުޅި މެޗުގައި ވެސް ކައުންޓަރ އެޓޭކުތަކުގައި ލެވަކޫސެން ފެނިގެން ދިޔައީ ވަރަށް ނުރައްކާތެރި ޓީމެއްގެ ގޮތުގައެވެ. އެ ޓީމުގެ އެޓޭކިންގ ކުޅުންތެރިންގެ ބާރު ދުވެއްޔަކީ، ރޯމާގެ ޑިފެންސް ލައިނަށް މައިތިރި ކުރެވުނު ކަމެއް ނޫނެވެ. އެގޮތުން، ހުސް ޖާގައަށް ކުޅޭ ބޯޅަތައް، ނުރައްކާތެރި ހަމަލާތަކަކަށް ބަދަލު ކޮށްލާކަށް މާގިނަ ވަގުތެއް އެމީހުނެއް ނުނަގައެވެ.

ލެވަކޫސެންގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފްލޮރިއަން ވާޓްޒްއެވެ. މިއީ ރޯމާގެ ފަހަތަށް ކުޅޭ ރިކް ކާސްޑޯޕްއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ލެވަކޫސެންއިން މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ.

އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 73 ވަނަ މިނެޓުގައި ރޮބާޓް އެންޑްރިޗްއެވެ. ރޯމާގެ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެފައި އެންޑްރިޗް ފޮނުވާލި ބޯޅަ ގޯލުގެ ކަނާތް ފަރާތުގެ ކަނަށް ވަނީ ކީޕަރުގެ ބޯމަތިން ގޮހެވެ.

ލެވަކޫސެންގެ މި ތާރީހީ ސީޒަނުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، އިޓަލީގައި ރޯމާ ބަލިކޮށް އެ ޓީމުން މިވަނީ މިހާތަނަށް ބަލިނުވެ 47 މެޗު ހަމަކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ފްރާންސްގެ މާސޭ އާއި އިޓަލީގެ އެޓްލާންޓާއެވެ. މާސޭގައި ދަނޑުގައި ކުޅުނު މި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މެއި 10 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.