Advertisement

10 May 2024
ޔޫރޮޕާ ލީގު
މިފްތާޙް މުޙައްމަދު

ޔޫރޮޕާ ލީގުގެ ފައިނަލާއެކު ލެވަކޫސެންއަށް ޔޫރަޕްގެ ތާރީހީ ރެކޯޑެއް

ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅޭ ދެވަނައަށް އެންމެ ވަރުގަދަ މުބާރާތް ކަމުގައިވާ، ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ ފަހު ސިކުންތުގައި ބެޔާން ލެވަކޫސެން އިން ގޯލެއް ކާމިޔާބުކޮށް، އޭ އެސް ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުކުރުމާއެކު، ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި މުބާރާތްތައް ކުޅެން ފެށިފަހުން، މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމުގެ މަގާމު ލެވަކޫސެންއަށް ލިބިއްޖެއެވެ.

ލެވަކޫސެންއިން ބަލިނުވެ މި ސީޒަނުގައި މިހާތަނަށް 49 މެޗު ހަމަކޮށްފައިވާއިރު، 48 މެޗާއެކު މި ޝަރަފު ކުރިން އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. އެ ކުލަބުގެ ތަރީހީ ކާމިޔާބީއަކީ ޑިސެންބަރު 1963 އިން ފެބުރުވަރީ 1965 އަށް ހޯދާފައި އޮތް ކާމިޔާބެކެވެ. ނަމަވެސް ޒަމާނީ ފުޓުބޯޅައާއެކު ވާދަވެރިކަން މާބޮޑަށް އިތުރުވެފައިވަނިކޮށް، ޒަބީ އަލޮންސޯގެ ލެވަކޫސެންއިން މި ސީޒަނުގައި މިހާތަނަށް 40 މެޗުން މޮޅުވެފައިވާއިރު، އެއްވަރުވެފައިވަނީ 9 މެޗުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގަށް އެ ކުލަބުން ނިކުތީ އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ބޮޑު އެޑްވާންޓޭޖަކާއެކުއެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެރޭ ލެވަކޫސެންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ރޯމާ އިން އެ ޓީމަށް ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް ދެ ގޯލުގެ ލީޑެއް ނެގިއެވެ. މި ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 43 ވަނަ މިނެޓާއި 66 ވަނަ މިނެޓުގައި، އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ލެއާންޑްރޯ ޕަރެޑޭޒްއެވެ.

މި މެޗުގައި ލެވަކޫސެންގެ ފުރަތަމަ ގޯލަކީ ރޯމާގެ ޑިފެންޑަރު ޖިއާންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ލެވަކޫސެންއިން މެޗު ހަމަހަމަ ކުރީ މެޗުގެ 90 ވަނަ މިނެޓުގައި ކުޅެން ނިކުތް ޖޮސިޕް ސްޓެނިސިޗް މެޗުގެ ފަހު ސިކުންތުގައި ކާމިޔާބުކުރި ގޯލަކުންނެވެ. މިއީ މެޗެއްގެ އިތުރު ވަގުތުގައި ލެވަކޫސެންއިން މި ސީޒަނުގައި ނަތީޖާ ބަދަލުކުރި 7 ވަނަ މެޗެވެ.

ލެވަކޫސެންއާއެކު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އިޓަލީގެ އެޓަލާންޓާއެވެ. އެޓަލާންޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ، ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 3-0 އިން މާސޭ ބަލިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.