Advertisement

15 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިތުރު ވަގުތު ނަތީޖާ ބަދަލުކޮށް، ލެވަކޫސެން އެމީހުންގެ ރެކޯޑު ދަމަހައްޓައިފި

ޔޫރޮޕާ ލީގުގެ ގަދަ-16 ގައި ޖަރުމަނުގެ ބެޔާން ލެވަކޫސެންއިން އަޒަރުބައިޖާންގެ ގަރުބަގު 3-2 އިން ބަލިކޮށް، މި ސީޒަނުގައި އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އެ ޓީމުން ދަންމާލައިފިއެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގައި ގަރުބަގުން ލެވަކޫސެން ސިއްސުވާލީ ދެވަނަ ހާފުގެ 8 މިނެޓު ތެރޭގައި، 59 އަދި 67 ވަނަ މިނެޓުގައި، ކާމިޔާބު ކުރި 2 ގޯލުންނެވެ. މީގެ އިތުރުން މެޗުގެ 62 ވަނަ މިނެޓުގައި ގަރުބަގުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑެއް ވެސް ދައްކާފައެވެ.

ގަރުބަގުން ލީޑު ނެގިތާ 5 މިނެޓު ފަހުން ފްރިންޕޮންގެ ގޯލަކުން ލެވަކޫސަންއަށް ހިންހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މެޗުގެ 90 މިނެޓު ހަމަވުމަށް ކައިރިވަމުން ދިޔަ ވަރަކަށް އެމީހުންގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ސަބަބަކީ 2-1 ގެ ނަތީޖާއަކުން އެ ޓީމު ޔޫރޮޕާ ލީގުން އަލްވަދާއު ކިޔަން ޖެހޭނެތީއާއި، އެ ޓީމު މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ގެއްލޭނެތީއެވެ.

ލެވަކޫސެންގެ ނުތަނަވަސްކަން ފިލީ މެޗުގެ އިތުރު ވަގުތު ޕެޓްރިކް ޝިކް ކާމިޔާބުކުރި ދެ ގޯލުންނެވެ. މެޗުގެ 90+3 އަދި 90+8 ވަނަ މިނެޓުގައި ޝިކް ކާމިޔާބުކުރި ގޯލުތަކުން، 3-2 އިން މެޗު ކާމިޔާބުކޮށް، އެ ވަގުތު އެ ޓީމު ހާސިލްކުރަން ބޭނުންވި ހުރިހާކަމެއް ހާސިލް ކުރެވުނެވެ.

ލެވަކޫސެން މި ސީޒަންގައި 37 މެޗު ކުޅުނުއިރު އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި ޖަރުމަނު ލީގުގައި އެ ޓީމު އޮތީ 10 ޕޮއިންޓުގެ ލީޑެއްގައެވެ. ނަމަވެސް އެ ޓީމުގެ ތާރީހުގައި އަދި މިހާތަނަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ސީޒަންގައި ބާކީ މިއޮތް ދުވަސްތަކަކީ އެ ޓީމުގެ ތާރީހާ ގުޅިފައި އޮތް ދުވަސްތަކެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.