Advertisement

23 May 2024
ޔޫރޮޕާ ލީގު
މިފްތާޙް މުޙައްމަދު

ލެވަކޫސެންގެ ރެކޯޑު ނިމުމަކަށް ގެނަސް، އެޓްލާންޓާއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

އިނގިރޭސިވިލާތަށް އުފަން ނައިޖީރިއާގެ އަޑެމޯލާ ލުކްމާންގެ ހެޓްރިކަކާއެކު ބެޔާން ލެވަކޫސެން 3-0 އިން ބަލިކޮށް، އެޓަލާންޓާއިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފިއެވެ. އަދި އެޓަލާންޓާގެ މި ކާމިޔާބާއެކީ، ލެވަކޫސެން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. ޔޫރޮޕާ ލީގުގެ ފައިނަލް މެޗާއި ލެވަކޫސެން އެންމެ ފަހުން ބަލިވެފައިވާ ދުވަހާއި ދެމެދުގައި 361 ދުވަސް ހޭދަވެފައިވެއެވެ.

ޑަބްލިންގައި ކުޅުނު ފައިނަލު މެޗުގެ ހެޓްރިކާއެކު، ލުކްމާންއަކީ ޔޫރަޕިއަން ފައިނަލެއްގައި ހެޓްރިކް ހެދި ހަވަނަ ކުޅުންތެރިޔާއެވެ. އެންމެ ފަހުން ޔޫރަޕިއަން ފައިނަލެއްގައި ހެޓްރިކެއް ހަދާފައިވަނީ 1975 ވަނަ އަހަރުގެ ޔޫއެފާ ކަޕްގެ ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަބެޗްގެ ޖަޕް ހޭންކްސްއެވެ.

ލުކްމާންގެ މުޅި ކެރިއަރުގައި ވެސް މި މެޗުގައި ނޫނިއްޔާ އެއް ގޯލަށްވުރެން ގިނައިން އޭނާއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ލުކްމާންވަނީ މީގެ ކުރިން ޗާލްޓަން، އެވަޓަން، އާރު. ބީ. ލެޕްޒިގް، ފުލަމް އަދި ލެސްޓާ ސިޓީއަށް ކުޅެފައެވެ. އަދި އޭނާ ވަނީ އެޓްލާންޓާއާއެކު މި ހޭދަކުރި ދެ ސީޒަނުން ކޮންމެ ސީޒަނެއްގައި ވެސް 15 ގޯލު ކާމިޔާބުކޮށްފައެވެ.

އެޓަލާންޓާގެ މި ކާމިޔާބަކީ އެ ކުލަބަށް ވެސް އެތައް ގޮތަކުން ވަރަށް ތާރީހީ ކާމިޔާބެކެވެ. އެ ގޮތުން އެ ޓީމަކީ 1999 ވަނަ އަހަރަށްފަހު މި މުބާރާތް ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ޓީމެވެ. އަދި މިއީ އެ ކުލަބުގެ 116 އަހަރުގެ ހަޔާތުގައި އެ ކުލަބަށް ހާސިލް ކުރެވުނު ދެވަނަ ތައްޓެވެ. މީގެ ކުރިން އެ ޓީމަށް ކާމިޔާބުކުރެވިފައިވަނީ 1963 ވަނަ އަހަރުގެ ކޮޕާ އިޓާލިއާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެޓަލާންޓާގެ ކޯޗު ޖިއާން ޕިއެރޯ ގަސްޕެރީނީ ވަނީ މެޗުގައި ހެޓްރިކް ހެދި ލުކްމާންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ، ލުކްމާންގެ ފަރާތުން ފެނިފައިވަނީ ހީވެސް ނުކުރާފަދަ މޮޅު ކުޅުމެއް ކަމަށެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތުގައި ކުޅުނުއިރު މާބޮޑަށް ފާހަގަ ކޮށްލެވުނު ކުޅުންތެރިއަކަށް ނުވިނަމަވެސް، އެޓަލާންޓާއަށް ބަދަލުވުމަށްފަހު ގަސްޕެރީނީ އޭނާ ބޮޑަށް އެޓޭކިންގައި ބޭނުން ކުރުމުން އޭނާގެ ކުޅުން އިތުރަށް ރަގަޅުވެގެން ދިޔަ ކަމަށް ބުނެފައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.