Advertisement

16 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރޮޕާ ލީގު ފައިނަލުގައި ލެވަކޫސެން އާއި ލިވަޕޫލްގެ ކުރިމަތިލުމެއް ފެނިދާނެ

ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ގުރުއަތު ނެގުން ހުކުރު ދުވަހު ބޭއްވިއިރު، މެޗުތައް ބެހިފައިވާ ގޮތުން، ޒަވީ އަލޮންސޯގެ ބެޔާން ލެވަކޫސެންއާއި، ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ކެރިއަރުގެ މުހިންމު ޞަފުހާތަކެއް ލިޔުނު ލިވަޕޫލްގެ ކުރިމަތިލުމެއް ފެނުން ގާތެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތުނެގުން ކުރިޔަށް ދިޔަގޮތަށް ބަލާލާއިރު، އިޓަލީގެ އޭސީ މިލާނާއި ހަމަ އެ ގައުމުގެ ރޯމާ ކުރިމަތިލާން ޖެހޭއިރު، އިނގިރޭސި ވިލާތުގެ ލިވަޕޫލް ބައްދަލު ކުރާނީ އިޓަލީގެ އެޓްލާންޓާއާއެވެ. ސެމީފައިނަލްގައި ބައްދަލުކުރާނީ މި މެޗުތަކުން މޮޅުވާ ދެ ޓީމެކެވެ

އަނެއްކޮޅުން ޖަރުމަނުގެ ބެޔާން ލެވަކޫސެން ނިކުންނާނީ އިނގިރޭސިވިލާތުގެ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށެވެ. މިތަނުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ފްރާންސްގެ މާސޭ އާއި ޕޯޗުގަލްގެ ބެންފީކާ ކުޅެގެން މޮޅުވާ ޓީމަކާއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އެޕްރީލް 12 އަދި 19 ގައެވެ. ސެމީ ފައިނަލް 3 މެއި ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 23 މެއިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.