Advertisement

23 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރޮޕާ ލީގުގެ ގޯލު ރެކޯޑު އައުބާއަށް

ޔޫރޮޕާ ލީގުގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ފްރާންސްގެ މާސޭ އާއި ޔޫކުރެއިންގެ ޝަކްތަރު ޑޮނެޓްސްކް ބައްދަލުކުރި މެޗުގައި ކާމިޔާބުކުރި ގޯލާއެކު، ފްރާންސަށް ނިސްބަތްވާ ޕިއެރޭ-އެމެރިކް އައުބަމަޔަންގް މިހާތަނަށް ޔޫރޮޕާ ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ. މި މެޗާއި ހަމައަށް އައިއިރު، ޔޫރޮޕާ ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ގޮތުގައި ތިބީ ރަޑަމެލް ފަލްކާއޯ އާއި އައުބަމަޔަންގްއާ ދެ ކުޅުންތެރިންނެވެ. އެއީ 30 ގޯލާއެކުއެވެ. ނަމަވެސް މާސޭއަށް ކުޅެމުން އަންނަ އައުބަމަޔަންގުގެ އިތުރު ގޯލަކާއެކު، މިހާރު މި ޝަރަފު އޮތީ 31 ގޯލާއެކު ހަމައެކަނި އޭނާގެ އަތުގައެވެ.

ޔޫރޮޕާ ލީގަކީ ޔޫއެފާ ކަޕް ރޭބްރޭންޑުކޮށް، 2009 ގައި ކުޅެން ފެށުނު މުބާރާތެކެވެ. އެގޮތުން ޔޫއެފާ ކަޕުގެ ގޯލު ރެކޯޑާ އެކީ ބެލިނަމަވެސް، އައުބަމަޔަންގު އުޅެނީ ކުރީގައެވެ. ދެ މުބާރާތް އެއްކޮށް ބަލާނަމަ، 31 ގޯލާއެކީ އައުބަމަޔަންގްއަށް މި ހަމަކުރެވުނީ ސްވިޑުން ކުރީގެ މަޝްހޫރު ފޯވާޑު، ހެންރިކް ލާސަންއާއެވެ. އޭނާ ވަނީ ޔޫއެފާ ކަޕްގައި 31 ގޯލު ކާމިޔާބުކޮށްފައެވެ.

އައުބަމަޔަންގު ވަނީ ގިނަ ކްލަބުތަކަކާއެކު ޔޫރޮޕާ ލީގުގެ މެޗުތައް ކުޅެފައެވެ. އެގޮތުން އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ 14 ގޯލު ކާމިޔާބުކޮށްފައިވާއިރު، ބޮރޫޝިއާ ޑޯޓުމަންޑާއެކު އޭނާ ވަނީ 8 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ބާސެލޯނާއަށް 2 ގޯލު ކާމިޔާބުކޮށްދިންއިރު މިހާރު މާސޭގެ ކުޅުންތެރިއެއްގެ ގޮތުގައި މިވަނީ 7 ގޯލު ކާމިޔާބުކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.