Advertisement

ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ޖާއޯ ޕެޑްރޯ

01 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔޫރަޕްގެ ފުރަތަމަ މުބާރާތުގައި ބްރައިޓަންއިން ދެވަނަބުރާ ގާތަށް

ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް-ބީގައި ބުރާސްފަތި ދުވަހުގެރޭ އޭއީކޭ އެތެންސް އަދި ބްރައިޓަން އެންޑް ހޯލްވްސް ބައްދަލުކުރި މެޗު 1-0 އިން ބްރައިޓަން ކާމިޔާބުކޮށްފިއެވެ. ގްރީސްގައި ކުޅުނު މި 

މެޗު ކާމިޔާބުކުރުމުން ބްރައިޓަންއަށް މި ވަނީ ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ ލިބޭނެކަން ކަށަވަރުވެފައެވެ. ނަމަވެސް އެ ޓީމު ދެން ދަތުރުކުރާނީ ސީދާ “ނޮކް-އައުޓް” ބުރަށްތޯ ނުވަތަ  “ނޮކް-އައުޓް” ޕްލޭއޮފް މެޗަށްތޯ ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ނިމުމުންނެވެ.

ޔޫރޮޕާ ލީގު މިހާރު ކުޅެމުންދާ ގޮތަށް ބަލާއިރު، ސީދާ ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމުތަކެވެ. އަދި ކޮންމެ ގްރޫޕަކުން ދެވަނައަށްދާ ޓީމު ޕްލޭއޮފް މެޗެއް ކުޅެންޖެހެއެވެ. ޕްލޭއޮފް މެޗު ކުޅެންޖެހޭނީ، ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން 3 ވަނައަށް ދާ ޓީމުތަކުގެ ތެރެއިން ޓީމަކާއެވެ. 

އެތެންސްއާ ދެކޮޅަށް ބްރައިޓަންއަށް މެޗުގައި ރަގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައި، މުބާރާތުގައި ކުރިޔަށް ދިއުމުގެ އުންމީދު، ބްރައިޓަން އިން މިވަނީ އައުކޮށްފައެވެ. މިއީ ޖާއޯ ޕެޑްރޯއަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކަށް، ދެވަނަ ހާފުގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. 

މީގެ އިތުރުން، ގްރޫޕް-އީގައި ލަސްކްއާ ބައްދަލުކުރި މެޗު ލިވަޕޫލުންވަނީ 4-0 އިން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.