Advertisement

05 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އާސެނަލް އަތުން ބަލިވެ، ލީގު އެއްވަނައިގައި އޮތުމަށް ލިބިފައިވާ ލީޑު ގެއްލިދާނެކަމުގެ ބިރު ލިވަޕޫލަށް ބޮޑުވެއްޖެ

އިންގްލިޝް ޕްރިމިއަ ލީގުގައި އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން ލިވަޕޫލް ބަލިވުމުން، އެ ޓީމަށް ލީގުގެ އެއްވަނައިގައި އޮތް ލީޑު ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އަދި މި ނަތީޖާގެ ސަބަބުން، ލީގުގެ އެއްވަނައަށް އެރުމަށް މިހާރު އެންމެ ފުރުސަތު ބޮޑުވެފައި އޮތީ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއެކު، 23 މެޗުން ޖުމްލަ 49 ޕޮއިންޓު ހޯދައި އާސެނަލްވަނީ ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ލީގުގެ 3 ވަނައިގައި އޮތީ ލިވަޕޫލާއި އާސެނަލްއަށްވުރެން 2 މެޗު މަދުން ކުޅެ 46 ޕޮއިންޓު ހޯދާފައިވާ މެންޗެސްޓަރ ސިޓީއެވެ. އެހެންކަމުން، މެންޗެސްޓަރ ސިޓީއަށް މެޗުގެ އަދަދު ހަމަހަމަ ކުރުމަށް ލިބޭ ދަނޑިވަޅުގައި، އެ 2 މެޗު ކާމިޔާބުކޮށްފިނަމަ، މިހާރު ލީގު އޮތް ގޮތުން ލިވަޕޫލަށްވުރެން 1 ޕޮއިންޓު އިތުރަށް ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

މުޅި މެޗުގެ ބޮޑު ބައެއްގައި މޮޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ. ނަތީޖާއަކަށްވީ މެޗުގެ ކުރީކޮޅު، އާސެނަލްގެ ބުކާޔޯ ސަކާ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. މި ގޯލު ކާމިޔާބުކޮށްފައިވަނީ 14 ވަނަ މިނެޓުގައެވެ.

ލިވަޕޫލަށް މެޗު ހަމަހަމަ ކުރެވުނީ ފުރަތަމަ ހާފުގެ އިތުރު މިނެޓު ކުޅެމުންދަނިކޮށް، އާސެނަލްގެ ޑިފެންޑަރ ގެބްރިއަލް އަތުން ބައިކޮޅަށް ވަތް ގޯލަކަށެވެ. އާސެނަލްއިން ދެވަނަ ފަހަރަށް ލީޑު ނެގީ ލިވަޕޫލްގެ ޑިފެންޑަރ ވެން ޑައިކަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، އެ ޓީމުގެ ކުރިޔަށް ކުޅޭ ކުޅުންތެރިޔާ ގެބްރިއަލް މާޓިނެލީއެވެ. އަދި އޭގެ ފަހުން، ދެވަނަ ހާފުގެ އިތުރު މިނެޓުގައި ޓްރޮސާޑް ވަނީ އާސެނަލްއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ.

އާސެނަލްއާ ދެކޮޅަށް ލިވަޕޫލުން ކުރިމަތިލާންޖެހުނު މި ބައްޔަކީ، މި ސީޒަންގައި އެ ޓީމަށް ގެއްލުނު ދެވަނަ މެޗެވެ. އެ ޓީމު އެންމެފަހުން ބަލިވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.