Advertisement

04 Oct 2023
ކުޅިވަރު

ލިވަޕޫލުން ޖެހި ގޯލު ގުނުމުގައި އޮޅުންއެރީ ހަމައެކަނި "ޗެކް ކޮމްޕްލީޓް" އޭ ވީއޭއާރު ބުނުމުން

އިންގްލިޝް ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕަރ ގެ ދަނޑުގައި އެ ޓީމުން ލިވަޕޫލް ފުޓްބޯޅަ ކްލާބާއި ބައްދަލުކުރި މެޗަކީ ކުޅުމުގެ ތެރެއިންނާއި ކުޅުމުން ބޭރުން ފޯރި ގަދަ އެތައް މަންޒަރުތަކެއް ފެނުނު މެޗެކެވެ. ޓޮޓެންހަމުން މި މެޗު 2-1 ން ކާމިޔާބު ކުރިނަމަވެސް، ލިވަޕޫލްގެ ލުއިޒް ޑިއާޒް ކާމިޔާބުކުރި ގޯލު ނުގުނުމުގެ ބަހުސްގެ އަޑު ވަރަށް ގަދަވެގެން ދިޔައެވެ.

މެޗުގެ 34 ވަނަ މިނެޓުގައި މުޙައްމަދު ސަލާޙް ފަހިކޮށްދިން ފުރުސަތަކުން، އެ ޓީމުގެ ސްޓްރައިކަރ ލުއިޒް ޑިއާޒް ވަނީ ގޯލުގެ ދާގަނޑުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ލައިންސްމަން ވަނީ އެ ގޯލް އޮފްސައިޑްކަމަށް ބުނެ ދިދަ ނަގާފައެވެ. އަދި އެ ވަގުތު ވީއޭއާރު ޓީމުން ބެލުމަށްފަހު، އެ ޓީމުންވެސް ވަނީ އެ ގޯލު އޮފްސައިޑްކަމަށް ނިންމާފައެވެ

އޭރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އޮތުމުން، މި ގޯލު ވީއޭއާރު ޓީމުން ރަނގަޅަށް ނިންމިނަމަ މިއީ މުޅި މެޗުގެ ބާކީއޮތްބައިގެ އޮތްވަރު ބަދަލުވެގެން ދާނެކަމެއްކަން ޔަގީނެވެ.

މެޗު ނިމުނުފަހުން، ޕްރިމިއަލީގުގެ މެޗު އޮފިޝަލުންގެ ޓީމުން ވަނީ އެ ގޯލު ކަނޑައެޅުމުގައި 'ހިއުމަން އެރަރ' ހެދުނު ކަމަށާއި، ލިވަޕޫލުން ޖެހީ އޮފްސައިޑް ގޯލެއް ނޫންކަމަށް ވީއޭއާރު ޓީމުން ކަނޑައެޅެން އޮތްކަމަށް ބުނެފައެވެ.

މި މައްސަލަ އިތުރަށް ބެލުމަށްފަހު، ޕްރިމިއަލީގުގެ މެޗު އޮފިޝަލުންގެ ޓީމުން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި އެ ގޯލާ ގުޅިގެން ކަންހިނގިގޮތް ކިޔާދީ، މެޗުގައި ހަރަކާތްތެރިވި ރެފްރީއާއި ވީއޭއާރުއާ ދެމެދު އެ ވަގުތު ދެކެވުނު ވާހަކަތަކުގެ އޯޑިއޯ ވެސް ވަނީ އާންމުކޮށްފައެވެ.

އޮފިޝަލުންގެ ޓީމުން ބުނީ، ވީއޭއާރު ޓީމުން އެ ގޯލު ބެލުމަށްފަހު "ޗެކް ކޮމްޕްލީޓް" އޭ ބުނިކަމަށާއި، އޭނާ އެހެންބުނީ މެޗުގެ ރެފްރީ އެ ގޯލަކީ އޮފްސައިޑްކަމަށް ނިންމި ގޯލެއްކަން ނޭންގި ކަމަށެވެ. އަދި އެހެން ބުނުމުން މެޗުގެ ރެފްރީ ހީކުރީ އޭނާގެ ނިންމުމުގައި މައްސަލައެއް ނޫޅޭކަމަށް ނިންމީކަމަށެވެ. ނަމަވެސް ވީއޭއާރުން "ޗެކް ކޮމްޕްލީޓް" އޭ ބުނީ އެ ގޯލު އޮފްސައިޑް ނޫން ކަމަށް އެންގުމުގެ ގޮތުންކަމަށެވެ. އެހެންކަމުން މިއީ ރަގަޅަށް މުއާމަލާތް ނުކުރެވުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ

މި ގޯލު ކަނޑައެޅުމުގައި މުއާމަލާތް ކުރުމުގެ މައްސަލަ ދިމާވިކަމަށް ސަމާލުކަމަށްއައީ މެޗުގެ ކުޅުން އަލުން ފަށާ 7 ސިކުންތު ފަހުން ކަމަށާއި، ނަމަވެސް މެޗު ކުރިއަށް ދިއުމަށްފަހު އިތުރަށް ކުޅުން ހުއްޓުމުގެ ބާރު ވީއޭއާރު ޓީމުގެ ޕްރޮޓޮކޯލް ބުނާ ގޮތުން ނޯންނާތީ އެކަން ނުކުރީމަކަށް އެ ރިޕޯޓުގައިވެއެވެ

މިކަމާއި ގުޅިގެން އެ މެޗު އޮފިޝަލުންގެ ޓީމުންވަނީ ދެން މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް ކުރިޔަށް ދިއުމަށް ކުރެވިދާނެ ކަންތައްތަކެއް ވެސް ފާހަގަ ކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.