Advertisement

18 Mar 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލިވަޕޫލުން ހަތަރު ތަށި ކާމިޔާބު ކުރުމަށް ދެކުނު ހުވަފެން ފުނޑުފުނޑުވެއްޖެ

މުހިންމު ވަގުތެއްގައި ލިވަޕޫލްގެ ފޯވާޑް ޑާވިން ނުނިއޭޒަށް ފަރުވާކުޑަކޮށްލެވުމުން ގެއްލުނު ބޯޅަ ހިފައިގެން ގޮސް ރަޝްފޯޑު ކާމިޔާބުކުރި ގޯލުން، އެފްއޭ ކަޕު ކުއާޓާ ފައިނަލު މެޗުގެ އޮއިވަރު ބަދަލުވެ، އެ މުބާރާތުން ލިވަޕޫލް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ. އެއާއެކު ކްލޮޕްގެ ފަހު ސީޒަނުގައި ލިވަޕޫލުން ހަތަރު ތަށި ކާމިޔާބުކުރުމަށް ދެކުނު ހުވަފެން ވެސް ފުނޑުފުނޑުވެއްޖެއެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިރޭ (އާދިއްތަ ދުވަހުގެރޭ) ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ މެންޗެސްޓަރ ޔުނައިޓެޑެވެ. މެޗުގެ 10 ވަނަ މިނެޓުގައި މެންޗެއްޓަރއަށް ލީޑު ނަގައިދިނީ މެކްޓޮމިނޭއެވެ

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އެ ލީޑު އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. ފުރަތަމަ ގޯލުގައި އެންމެ އިސްދައުރެއް އަދާކުރީ އެ ޓީމުގެ ޒުވާން ޑިފެންޑަރު ކުއަންސާހްއެވެ. މި ގޯލު ކާމިޔާބު ކުރީ، ލިވަޕޫލްގެ ވޯލްޑް ކަޕް ތަރި، މެކަލިސްޓާއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ނުނިއޭޒްގެ ޝޮޓެއް މެންޗެސްޓަރގެ ކީޕަރު އޮނާނާ މަތަކުރަން އުޅުމުގެ ތެރޭގައި ގޯލުގެ ކުރިމައްޗަށް ވެއްޓުމުން، އެ ބޯޅައަށް ބަލަބަލާ ހުރި ލިވަޕޫލްގެ ފޯވާޑް، މުޙައްމަދު ސަލާހްވަނީ ގޯލު ތެރެއަށް ފޮނުވާލާ، ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

މި ލީޑާއެކު ލިވަޕޫލުން ދެވަނަ ހާފު ފަށައިގެން ވަރަށް ހަމަޖެހިގެން ކުޅުންތަން ފެނުނެވެ. އެ ޓީމަށް ގޯލު ޖަހާނެ ރަގަޅު ފުރުސަތުތައް ވެސް ފަހިވެގެން ދިޔައެވެ. މީގެ ތެރެއިން ވެސް، މެންޗެސްޓަރގެ ދެ ޑިފެންޑަރުންނާ ދެކޮޅަށް ލިވަޕޫލްގެ ފަސް ކުޅުންތެރިންނަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ. ނަމަވެސް މި ފުރުސަތުވެސް ބޭކާރުވީއެވެ. ނަތީޖާއަކަށްވީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންޓޮނީ، މެންޗެސްޓަރއަށް ނަތީޖާ ހަމަހަމަކޮށްދިނުމެވެ

އެހެންކަމުން މެޗުގެ ނަތީޖާ ކަނޑައެޅުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ހާވީ އެލިއެޓްގެ ގޯލަކުން ލިވަޕޫލް އަނެއްކާ ވެސް ލީޑު ނެގިއެވެ. އެއަށްފަހު އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފު ފަށައިގެން ވެސް މެޗު ޑޮމިނޭޓުކުރީ ލިވަޕޫލެވެ. ނަމަވެސް ނުނިއޭޒް އަތުން މެޗުގެ 112 ވަނަ މިނެޓުގައި އެ ޓީމުގެ ހާފު ތެރެއިން ގެއްލުނު ބޯޅަ ރަޝްފޯޑު ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. މި ގޯލާއެކު މެޗު އެއްވަރު ވެގެން ޕެނަލްޓީ ޝޫޓް އައުޓަކަށް ދާނެ ކަމުގައި ނިންމައިގެން ތިއްބައި، މެންޗެސްޓަރއަށް ލީޑު ނަގައިދިނީ އިތުރު ވަގުތުގައި ކުޅެން ނިކުތް އައިވޮރީ ކޯސްޓުގެ އަމަޑް ޑިއާލޯއެވެ

މިއީ މެންޗެސްޓަރގެ ކޯޗު އެރިކް ޓެން ހެގްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބިއެކެވެ. މީގެ އިތުރުން، މިއީ އޭނާގެ ވަޒީފާ ދިފާއު ކުރަން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމުގައި ގަބޫލުކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.