Advertisement

17 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލިވަޕޫލަށް ޔުނައިޓެޑު ބަލި ނުކުރެވުމުން އާސެނަލް އެއްވަނައަށް

އިންގްލިޝް ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލިވަޕޫލަށް މި ހަފްތާ ނިންމާލަން ޖެހުނީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައަށް އެރީ، ބްރައިޓަންއާ ދެކޮޅަށް ހޯދި 3 ޕޮއިންޓާއެކު އާސެނަލްއެވެ. އާސެނަލް އެ މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ.

އެންފީލްޑްގައި މި އަހަރު ކުޅުނު ހުރިހާ މެޗެއްގައި ލިވަޕޫލުން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުގެ ގޯލާ އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި 34 ޝޮޓުގެ ތެރެއިން އެއްވެސް ޝޮޓެއް ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ 2003/04 ގެ ސީޒަނަށްފަހު، މިހާ ގިނަ ހަމަލާ އުފައްދާ، ގޯލެއް ކާމިޔާބު ނުކުރެވި ލެވަޕޫލަށް މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއަށް މިހާރު ލިބިފައިވަނީ 39 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 38 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް ވެސް ލިބިފައިވަނީ 38 ޕޮއިންޓެވެ. ލިވަޕޫލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

މި ހަފްތާގެ މެޗުގައި އެސްޓަން ވިލާއިން ބަލިކުރީ ބްރެންޓްފޯޑެވެ. ފުރަތަމަ ހާފުގައި ބްރެންޓްފޯޑުން ލީޑު ނަގާފައި ވަނިކޮށް، ވިލާއިން މެޗު އަނބުރާލީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެގޮތުން، މެޗު އެއްވަރު ކޮށްދިން ގޯލު އެލެކްސް މޮރޭނޯ ކާމިޔާބުކޮށްދިނީ 77 ވަނަ މިނެޓުގައެވެ. އަދި އެ ޓީމު މޮޅުކޮށްދިނީ 85 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ކާމިޔާބުކުރި ގޯލަކުންނެވެ.

މި ނަތީޖާއާ އެކީ އުނާއި އެމްރޭގެ އެސްޓަން ވިލާ މިވަނީ މި އަހަރު 25 މެޗުން މޮޅުވެފައެވެ. މިއީ އިނގިރޭސި ފުރަތަމަ ލީގުގައި އެ ކްލަބުގެ ރެކޯޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.