Advertisement

ލިވަޕޫލްގެ ހާވީ އެލިއަޓް އިތުރު ވަގުތުގައު ގޯލު ކާމިޔާބު ކުރުމަށްފަހު

10 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އިތުރު ވަގުތުގައި އެލިއަޓް ކާމިޔާބުކުރި ގޯލުން ލިވަޕޫލް އެއްވަނައަށް

އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ލިވަޕޫލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހާވޭ އެލިއަޓް ކާމިޔާބުކުރި ގޯލަކުން، 2-1 އިން ލިވަޕޫލް މޮޅުވެ އެ ޓީމު ލީގުގެ އެއްވަނައަށް އެރިއެވެ. އެއީ އާސެނަލްއަށް ވުރެން އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އަދި ހަފްތާ ނިމޭއިރު ވެސް ލިވަޕޫލް އެ މަގާމުގައި އޮންނާނެކަން ކަށަވަރުވީ، އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު، 1-0 އިން އެސްޓަން ވިލާ ކާމިޔާބު ކުރުމުންނެވެ.

ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ 76 ވަނަ މިނެޓުގައި މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ގޯލަކީ، ލިވަޕޫލުގެ ޖާޒީގައި އޭނާ ކާމިޔާބުކޮށްދިން 200 ވަނަ ގޯލެވެ. އެހެންކަމުން ސަލާހް ވެގެންގޮސްފައި މިވަނީ އިއާން ރަޝް، ރޮޖަރ ހަންޓް، ގޯޑަން ހޮޑްސަން އަދި ބިލީ ލިޑެލްއަށްފަހު މިހާ ގިނަ ގޯލު ލިވަޕޫލަށް ކާމިޔާބު ކޮށްދިން 5 ވަނަ ކުޅުންތެރިޔާއަށެވެ.

ކްރިސްޓަލް ޕެލެސް ބަލިކުރި ގޯލަކީ، ޕެނަލްޓީ އޭރިއާގެ ރޮނގު ކައިރިން ހާވޭ އެލިއަޓް ކާމިޔާބުކޮށްދިން ގޯލެކެވެ. ލިވަޕޫލުން އަސެނަލް ފަހަތަށް ޖައްސާލީ އެލިއަޓްގެ މި ގޯލުންނެވެ.

ކްރިސްޓަލް ޕެލެސްގެ ގޯލު ކާމިޔާބުކޮށްދިނީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ހާފުގައި ކުޅެން ނިކުތް ޖީން ފިލިޕް މަޓޭޓާއެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް، އެ ޕެނަލްޓީ ދޭން ނިންމި ނިންމުން އިތުރަށް ބަލަންޖެހޭކަމަށް ވީޑިއޯ އެސްސްޓެންޓް ރެފްރީ އެންގުމުން، މެޗުގެ ރެފްރީ އެންޑީ މެޑްލީ ވަނީ ވީޑިއޯ އަލުން ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. ރެފްރީ ނިންމީ، ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ކުޅުމުގެ ކުރިން، ކްރިސްޓަކް ޕެލެސްގެ ކުޅުންތެރިޔާ ލިވަޕޫލްގެ ކުޅުންތެރިޔާއަށް ފައުލްކޮށްފައިވާކަމަށެވެ.

ލިވަޕޫލުން މި ސީޒަނުގައި ކާމިޔާބުކޮށްފައިވާ ގޯލުތަކުގެ ތެރެއިން 14 ގޯލަކީ މެޗުގެ ފަހު 15 މިނެޓުގައި ކާމިޔާބުކޮށްފައިވާ ގޯލުތަކެވެ. އަދި ލީޑު ގެއްލިފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި މެޗުތައް މި ސީޒަނުގައި ގިނައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.