Advertisement

04 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދެ މިނެޓު ތެރޭގައި މެޗު އަނބުރާލާ، ލިވަޕޫލް ލީގުގެ ދެވަނައަށް

އިންގްލިޝް ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކޮށް، ލިވަޕޫލުން ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ. މި ސީޒަންގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑަށް ބަދަލެއް އަޔަނުދީ ދަމަހައްޓައި ދިނީ، މެޗުގެ ފަހު ވަގުތުކޮޅު އަލެކްސެންޑަރ އާނޯލްޑް ކާމިޔާބުކޮށްދިން މޮޅު ގޯލަކުންނެވެ. އެގޮތުން އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވަނީ ލިވަޕޫލް އެކަންޏެވެ. އެއީ މިހާތަނަށް ކުޅުނު 7 މެޗު ވެސް ކާމިޔާބުކޮށްގެންނެވެ

މެޗުގެ 80 ވަނަ މިނެޓުގައި ޖެހި ގޯލަކާއެކީ ފުލަމް 3-2 އިން ކުރީގައި އޮއްވައި، ލިވަޕޫލުން ވަނީ މެޗުގެ 87 އަދި 88 ވަނަ މިނެޓުގައި މުޅި މެޗު ބަދަލުކޮށްލާފައެވެ. މެޗު ބަދަލުކޮށްލުމަށް މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ އެލެކްސެންޑަރ އާނޯލްޑެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. އެއީ ޕެނަލްޓީ އޭރިޔާ ބޭރުން، ލިވަޕޫލަށް ލިބުނު ހިލޭ ޖެހުމަކުން އާނޯލްޑް ކާމިޔާބުކުރި ގޯލެކެވެ. އާނޯލްޑް ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ތެރެއަށް ވަނީ، ގޯލުގެ ހުރަސް ދަނޑީގައި ޖެހުމަށްފަހު ބައުންސްވި ބޯޅަ ފުލަމްގެ ކީޕަރު ބާންޑް ލެނޯ ގައިގައި ޖެހިފައެވެ. ނަމަވެސް އޭގެ 4 މިނެޓު ފަހުން ހެރީ ވިލްސަންގެ ގޯލަކުން ފުލަމްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ

އަނެއްކާވެސް ލިވަޕޫލުން ލީޑު ނެގިއެވެ. އެއީ އޭނާގެ ޕާރފޯމެންސްއާ ދޭތެރޭ ގިނަ ފާޑުކިއުންތަކެއް މި ފަހަކުން އަމާޒުވި، އަދި މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އެލެކްސިސް މެކްއަލިސްޓަރގެ ރީތި ގޯލަކުންނެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން ގޯލުގެ ވާތް ފަރާތުން ބައުންސްވަމުން އައި ބޯޅައެއް ދުރުކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި މި ގޯލަކީ މި ސީޒަނުގައި މެކަލިސްޓާގެ ފުރަތަމަ ގޯލެވެ. މިއީ އޭނާއާ ދޭތެރޭ ދެކެވެމުން ދިޔަ ވާހަކަތައް ދިން ވަރުގަދަ ރައްދަކަށް ވެދާނެއެވެ. މެކަލިސްޓާގެ މި ގޯލަށްފަހު، ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ފުރަތަމަ ހާފު ނިމުމުގެކުރިން ފުލަމްއިން މެޗުގެ ސްކޯރ އަނެއްކާވެސް ހަމަހަމަކުރިއެވެ. އެއީ ކެނީ ޓެޓޭ ކާމިޔާބު ކޮށްދިން ގޯލަކުންނެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ފުލަމްއިން ލީޑުނެގީ، ބަދަލު ކުލުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްތާ 5 މިނެޓު ފަހުން، މެޗުގެ 80 ވަނަ މިނެޓުގައި ކޯރޑޯވާ ރެއިޑް ބޮލުން ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. ނަމަވެސް އޭގެ 7 މިނެޓު ފަހުން، މެޗުގެ 87 ވަނަ މިނެޓުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ލިވަޕޫލުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވަޓަރު އެންޑޯ ކުޅެން ނިކުތްތާ 4 މިނެޓު ތެރޭގައި ކާމިޔާބު ކުރި ގޯލަކުންނެވެ

މެޗުން މޮޅުވި ގޯލު ލިވަޕޫލުން ކާމިޔާބުކުރީ އޭގެ އެއް މިނެޓު ފަހުން އާނޯލްޑެވެ. މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު، ޕެނަލްޓީ އޭރިޔާގެ ރޮނގު މަތިން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަނުމާއެކީ މުޅި އެންފީލްޑް އުތުރިއެރިއެވެ

މި މެޗުން ލިބުނު 3 ޕްއިންޓުގެ ފައިދާ ލިވަޕޫލަށް އެންމެ ބޮޑަށްކުރީ، އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓަރ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވުމުންނެވެ. މި ނަތީޖާއާއެކީ ލިވަޕޫލުން ދެވަނައިގައި އޮތީ ސިޓީއަށް ވުރެން އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.