Advertisement

22 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން ފަރުވާ ހޯދުމަށް ސަލާހް އަނބުރާ ލިވަޕޫލަށް

މިހާރު އައިވޮރީ ކޯސްޓްގައި ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާ އާއި އިޖިޕްޓް ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހްގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެކަމަށް ފަރުވާ ހޯދުމަށް، މުބާރާތުގެ ތެރެއިން އޭނާ އަނބުރާ ލިވަޕޫލަށް ދިއުމަށް ނިންމައިފިއެވެ

އަނިޔާއަށް ފަރުވާ ހޯދުމަށް ލިވަޕޫލަށް ދިއުމަކީ އެންމެ ރަގަޅު ގޮތްކަމަށް ލިވަޕޫލުގެ ކޯޗު ޖާގަން ކްލޮޕް ބުނެފައިވާއިރު، އެކަން އިޖިޕްޓުގެ ފުޓުބޯޅަ އެސޯސިއޭޝަނުންވަނީ ކަށަވަރު ކޮށްދީފައެވެ.

ލިވަޕޫލްގެ ކޯޗު އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެންމެނަށް ވެސް (ދެ ޓީމުގެ) ފެންނަ އެންމެ ރަގަޅު ގޮތަކީ، ލިވަޕޫލްގެ މެޑިކަލް ޓީމާއެކު ސަލާހްގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދިއުމެވެ. އަދި އަނިޔާވި ދުވަހުން ފެށިގެން ލިވަޕޫލްގެ ޑޮކްޓަރާއެކު ސަލާހް ވަނީ ފަރުވާގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިކަމަށް ކްލޮޕް ފާހަގަކުރިއެވެ

އިޖިޕްޓްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވާގޮތުން، ސަލާހް ލިވަޕޫލަށް ދަތުރުކުރާނީ މިރޭގެ މެޗަށް ފަހުއެވެ. އަދި އިޖިޕްޓް ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، އެ މެޗުގައި ސަލާހްއަށް ކުޅެވޭވަރަށް އަނިޔާ ރަގަޅުވާނެކަމަށް އެސޯސިއޭޝަނުން ގަބޫލުކުރާކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޖިޕްޓްގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ މި ބަޔާނާ ގުޅިގެން ކްލޮޕް ބުނެފައިވަނީ، ސަލާހް އަނިޔާއިން ރަގަޅުވެ، އަދި އިޖިޕްޓް ވެސް މުބާރާތުގައި ކުރިޔަށްގޮސްފިނަމަ، އަނބުރާ އެ މުބާރާތައް ސަލާހް ދިއުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ސަލާހްއަށް އަނިޔާވެފައި ވަނީ މުބާރާތުގައި އިޖިޕްޓު ކުޅުނު ދެވަނަ މެޗުގައެވެ. އިޖިޕްޓުން މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް 2-2 އިން އެއްވަރުވެފައިވާއިރު، 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ ދެވަނައިފައެވެ

އިޖިޕްޓުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ގްރޫޕްގެ އެއްވަނައިގައި އޮތް ކޭޕް ވާޑްއާ ދެކޮޅަށް ނިކުންނައިރު، މުބާރާތުގައި ކުރިއަށް ދިއުމަށް މިރޭގެ މެޗު ކާމިޔާބުކުރުން އެ ޓީމަށް ވަރަށް މުހިންމު ވާނެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.