Advertisement

މުހައްމަދު ސަލާހް ލިވަޕޫލަށް 4 ވަނަ ގޯލު ކާމިޔާބު ކޮށްދިނުމަށްފަހު

02 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލިވަޕޫލާ ވަކިވުމުގެ ކުރިން، ފަހު މެޗުގައި ސަލާހްގެ މުހިންމު ދެ ގޯލު

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-2 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. މިއީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) އަށް ފުރުމުގެ ކުރިން، ލިވަޕޫލްގެ މުޙައްމަދު ސަލާހް ކުޅޭނެ އެންމެ ފަހު މެޗެވެ. އެހެންކަމުން، ޖެނުއަރީ 7 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ ފުޓްބޯޅަ އެސޯސިއޭޝަން ކަޕް (އެފްއޭ ކަޕް) ގެ މެޗުވެސް އޭނާއަށް ގެއްލޭނެއެވެ.

ރޭގެ މެޗުގައި ލީޑު ނެގުމަށް ފުރަތަމަ ލިބުނު ފުރުސަތު ސަލާހް އަތުން ވީ ބޭކާރެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ، ނިއުކާސްގެ ކީޕަރު މާޓިން ޑުބްރަވްކާ ވަނީ މަތަކޮށްފައެވެ. އެހެންކަމުން މެޗުގެ ފުރަތަމަ ހާފު ނިންމާލަންޖެހުނީ 0-0 އިންނެވެ.

ދެވަނަ ހާފުގައި ޖުމްލަ 6 ގޯލު ފެނިގެން ދިޔައިރު، ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. އެއީ ސަލާހް މި ސީޒަނުގައި ކާމިޔާބުކުރި 15 ވަނަ ގޯލުންނެވެ. ނަމަވެސް އޭގެ 5 މިނެޓު ފަހުން، ނިއުކާސްލްގެ އިސާކް، އެ ޓީމަށް މެޗު ހަމަހަމަ ކޮށްދިނެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑުނެގީ ކާޓިސް ޖޯންސްގެ ގޯލަކުންނެވެ. އަދި އޭގެ 2 މިނެޓު ފަހުން ގަކްޕޯ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނެވެ.

މެޗު އަނބުރާލުމަށް ނިއުކާސްލް ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ، އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބު ކުރެވުމެވެ. މިއީ މެޗުގެ 81 ވަނަ މިނެޓުގައި ބޮޓްމަން ކާމިޔާބުކޮށްދިން ގޯލެކެވެ.

އެއަށްފަހު ލިވަޕޫލުން 3 ޕޮއިންޓު ޔަގީންކުރީ، މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ސަލާހް ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ.

މި އަހަރު އައިވޮރީ ކޯސްޓްގައި ކުޅުމަށް ހަމަޖެހިފައިވާ އެފްކޮންގެ ސަބަބުން، މިހާރު ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ސަލާހް އާއި ނުލައި ގާތް ގަނޑަކަށް އެއް މަސް ދުވަސް ހޭދަކުރަން ޖެހޭނެއެވެ. އެފްކޮންގެ އެންމެ ފަހު މުބާރާތުގައި ސަލާހްގެ އިޖިޕްޓް ވަނީ ފައިނަލްގައި ކުޅެފައެވެ. އަދި މި އަހަރުގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ކަމުން، އިޖިޕްޓް ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، ސަލާހް ދެން ފެންނާނީ ފެބުރުވަރީ 17 ގައި ބްރެންޓްފޯޑާ ކުޅޭ މެޗުގައެވެ.

އެފްކޮންގެ ސަބަބުން ލިވަޕޫލާއެކު ސަލާހްއަށް ޔަގީނުންވެސް ގެއްލޭނެ މެޗުތައް؛

ޖެނުއަރީ 7 : އާސެނަލް (ރަށުން ބޭރުގައި) އެފްއޭ ކަޕް 3 ވަނަ ބުރު

ޖެނުއަރީ 10 : ފުލަމް (އަމިއްލަ ދަނޑުގައި) ކަރަބޯ ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގު

ޖެނުއަރީ 24 : ފުލަމް (ރަށުން ބޭރުގައި) ކަރަބޯ ކަޕް ސެމީ ފައިނަލް ދެވަނަ ލެގު

އެފްކޮންގައި ކުއާޓާ ފައިނަލަށް ވުރެން ދުރަށް އިޖިޕްޓް ގޮއްސިނަމަ ސަލާހްއަށް ގެއްލޭނެ މެޗުތައް؛

އެފްއޭ ކަޕް ގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިނަމަ، އެ މެޗު

ޖެނުއަރީ 31 : ޗެލްސީ (އަމިއްލަ ދަނޑުގައި)، ޕްރިމިއަ ލީގު

ފެބުރުވަރީ 4 : އާސެނަލް (ރަށުން ބޭރުގައި)، ޕްރިމިއަ ލީގު

ފެބުރުވަރީ 10 : ބާންލޭ (އަމިއްލަ ދަނޑުގައި)، ޕްރިމިއަ ލީގު

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.