Advertisement

26 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޒުވާން ޓީމަކާއެކު ލިވަޕޫލުން ދިހަވަނަ ފަހަރަށް ކަރަބޯ ކަޕް ކާމިޔާބުކޮށްފި

އިނގިރޭސި ލީގު ކަޕްގެ ފައިނަލް މެޗުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލުން ޗެލްސީ ބަލިކޮށް، މުބާރާތް ދިހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. އަނިޔާގެ ސަބަބުން ޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކާ ނުލައި ނިކުތް ލިވަޕޫލުން މި މެޗު ކާމިޔާބި ކުރީ 1-0 އިންނެވެ.

އަނިޔާގެ ސަބަބުން މެޗު ނުކުޅެވުނު ލިވަޕޫލުގެ ކުޅުންތެރިންގެ ތެރޭގައި މުޙައްމަދު ސަލާޙް، ޑާވިން ނުނޭޒް، ޑޮމިނިކް ސޮބޮސްލާއި، އެލިސަން، ޓްރެންޓް އެލްކްސެންޑަރ އާނޯލްޑް އަދި ޑިއެގޯ ޖޯޓާ ހިމެނެއެވެ.

މެޗުގެ 90 މިނެޓު ކުޅެވުނުއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޗެލްސީގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް، އެލިސަންގެ ބަދަލުގައި ކުޅެން ނިކުމެ ހުރި ކެލަހާ ވަނީ މަތަކޮށްފައެވެ. މެޗުން މޮޅުވި ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި، މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް ލިބުނު ކޯނަރަކުންނެވެ. ކޮސްޓާސް ސިމިކާސް ވާތުފައިން ނެގި ކޯނަރު ބޮލުން ޖަހާ ގޯލަށް ފޮނުވާލީ އިސްކޮޅުން ދިގު ޑިފެންޑަރު، އަދި ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ.

ލީގު ކަޕުގެ ތައްޓާއެކީ، ލިވަޕޫލް އޮތީ މި ސީޒަނުގައި ގިނަ ތަށިތަކެއް ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި އެ ޓީމު އަންނަނީ ހުރިހާ ތައްޓަކާއި ވެސް ވަރަށް ކައިރިން ވާދަކުރަމުންނެވެ. މީގެ އިތުރުން މި ސީޒަނަށްފަހު އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ، ކުލަބުގެ ފުޓުބޯޅައަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނަސްދިން ކޯޗު، ޔާގެން ކްލޮޕް އަމިއްލަ ދިރިއުޅުމަށް ވަގުތުދޭން ބޭނުންވާކަމަށް ބުނެ، ޓީމު ދޫކޮށްދާނެކަން ވަނީ އިއުލާންކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.