Advertisement

26 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަމަށް ކްލޮޕް އިއުލާންކޮށްފި

މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް، އޭނާގެ މަގާމުން ދުރަށްދާނެކަމަށް އިއުލާންކޮށްފިއެވެ. ލިވަޕޫލްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހިއްސާކޮށްފައިވާ ކްލޮޕްގެ އިންޓަވިއުއެއްގައި ބުނާ ގޮތުން، އޭނާ ކްލަބުގެ މެނޭޖަރެއްގެ މަގާމުން ދުރުވާން ބޭނުންވަނީ، އެއްވެސް ހިންހަމަ ނުޖެހުމެއް އޮވެގެން ނޫންކަމާއި، މިއީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށް ބޭނުންވެގެން ނިންމި ނިންމުމެއްކަމަށެވެ.

ގިނަ ޖަޒުބާތުތަކަކާއެކު ކްލޮޕް ހިއްސާކުރިގޮތުން، އޭނާ މި މަސައްކަތަށް ހުރިހާ ވަގުތެއް ހޭދަކުރާކަމާއި، ނަމަވެސް އެގޮތަށް އަބަދު މަސައްކަތް ކުރުމަކީ ވެސް ފަސޭހަކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ކްލަބް ދޫކޮށްލަންޖެހޭ ވަގުތަކީ ކޮންމެވެސް ދުވަހަކުން އަންނާނެ ވަގުތެއްކަން އަބަދުވެސް އެނގޭކަމާއި، އަދި އެ ނިންމުން މިހާރު ނިންމީ، މިއީ އެކަމަށް އެންމެ އެކަށޭނެ ވަގުތުކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީކަމަށް އޭނާ ބުންޏެވެ.

ލިވަޕޫލް ދޫކޮށްލުމަށް ނިންމި ނިންމުން އިއުލާން ކުރުމަށް ކްލޮޕް ދިން އިންޓަވިއު

ލިވަޕޫލްގެ ކޯޗަކަށް ކްލޮޕް ހަމަޖެއްސީ 8 އޮކްޓޯބަރ 2015 ގައެވެ. އޭގެ ފަހުން ލިވަޕޫލާއެކު އޭނާ 8 ސީޒަން ހޭދަކޮށްފައިވާއިރު، މުޅި ޓީމަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. އަދި އޭނާ ހަވާލުވުމަށްފަހު ލީގު ތައްޓަށް ވާދަކުރެވޭ ފެންވަރަށް ޓީމު ކުރިއަރުވާ، ޔޫރަޕްގައި ލިވަޕޫލަކީ އަނެއްކާވެސް ގަދަބާރަކަށް މިވަނީ ހަދާފައެވެ

އެގޮތުން ކްލޮޕްގެ އިރުޝާދާއެކު ލިވަޕޫލުންވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޕްރިމިއަ ލީގާއި، ފީފާ ކްލަބް ވޯލްޑް ކަޕާއި، އެފްއޭ ކަޕާއި، ލީގު ކަޕް އަދި ޔޫއެފާ ސުޕަ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށްފައެވެ.

މި ސީޒަން ނިމޭއިރު ކްލޮޕްގެ އިތުރުން ލިވަޕޫލްގެ އެސިސްޓެންޓު މެނޭޖަރުންކަމަށްވާ ޕެޕިން ލިންޖާސް އަދި ޕީޓާ ކްރަވިޓްސް ވެސް ލިވަޕޫލް ދޫކޮށްލާނެއެވެ. މީގެ އިތުރުން ލިވަޕޫލްގެ އެލީޓް ޑިވެލޮޕްމަންޓް ކޯޗު، ވިޓާ މަޓޯސް ވެސް ލިވަޕޫލް ދޫކޮށްލާނެކަމަށް އެ ކްލަބުން ވަނީ އިއުލާން ކޮށްފައެވެ.

ކްލޮޕްގެ އިންޓަވިއުގައި އޭނާ އިތުރަށް ފާހަގަ ކުރި ގޮތުން، ސީޒަން ނިމެން ވަގުތު އޮށްވައި ކްލަބުގެ މެނޭޖުމެންޓާއި މިކަން ހިއްސާކުރީ، އައު ކޯޗެއް އައްޔަނުކުރުމުގެ ކަންތައްތައް އޮމާންކޮށް ކުރިޔަށް ގެންދިއުމަށް ބޭނުންވާތީ ކަމަށެވެ

މި ސީޒަންގައި އަދި އެއްވެސް މުބާރާތަކުން ލިވަޕޫލް ކަޓާފައެއް ނުވެއެވެ. މީގެ ދެ ދުވަސް ކުރިން ލީގު ކަޕްގެ ފައިނަލުން އެ ޓީމު ޖާގަ ހޯދިއިރު، އެފްއޭ ކަޕާއި ޔޫއެފާ ޔޫރޮޕާ ލީގުގައި ވެސް އެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. އަދި މީގެ އިތުރުން، 5 ޕޮއިންޓާއެކު އިނގިރޭސި ލީގުގައި ލިވަޕޫލް މިހާރު އޮތީ އެއްވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.