Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

20 Sep 2023
ކުޅިވަރު

ސަލާޙް ޕްރިމިއަރ ލީގުގެ އާ އުސްމިންތަކަކަށް

އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަރޕޫލް ފުޓުބޯޅަ ކުލަބަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ޝަލާހު، އެ ލީގުގައި އާ އުސްމިންތަކެއް ހާސިލްކޮށްފިއެވެ. އެގޮތުން ލީގު މެޗުގައި ހޮނިހިރު ދުވަހުގެރޭ ފަހަތުން އަރާ ވޫލްވްސް 3-1 އިން ބަލިކުރި މެޗުގައި ގޯލު ޖެހުމަށް ސީދާ 2 ފުރުސަތު ފަހިކޮށްދީ، ލިވަރޕޫލުގެ ޖުމްލަ 201 ގޯލުގައި ސަލާޙް މިވަނީ މިހާރު ޝާމިލުވެފައެވެ. އެއީ ޖުމްލަ 139 ގޯލު ކާމިޔާބުކޮށްދީ، އަދި ގޯލު ޖެހުމަށް ޖުމްލަ 62 ސީދާ ފުރުސަތު ފަހިކޮށްދީގެންނެވެ

ޕްރިމިއަ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމް 3 ފަހަރު ހާސިލް ކޮށްފައިވާ ސަލާޙްގެ މި ކާމިޔާބީއާ އެކީ އޭނާ ހިމެނިގެން ގޮސްފައި މިވަނީ އެ ލީގުގައި އެއް ކްލަބަކަށް 200 އަށް ވުރެން ގިނަ ގޯލު ކާމިޔާބު ކުރުމުގައި ޝާމިލްވާ 8 ކުޅުންތެރިންގެ ތެރޭގައެވެ. ޖުމްލަ 223 މެޗުން ސަލާޙް މިކަން ހާސިލްކުރިއިރު، ސަލާޙްއަށް ވުރެން އަވަހަށް މި ކާމިޔާބީ ހޯދާފައިވަނީ ކުރިން އާސެނަލްއަށް ކުޅުނު ފްރާންސްގެ ހުނަރުވެރި ފޯވާޑް، ތިއެރީ ހެންރީއެވެ. އެއީ 206 މެޗުންނެވެ.

މީގެ އިތުރުން، ސަލާޙްއަކީ މިހާރު އިންގްލިޝް ޕްރިމިއަ ލީގުގައި އެންމެ ގިނަ ގޯލު ޖަހާ، އެންމެ ގިނަ "އެސިސްޓް" ކާމިޔާބު ކޮށްފައިވާ އެފްރިކާ ބައްރަށް ނިސްބަތްވާ ކުޅުންތެރިޔާއެވެ. އެފްރިކާއަށް ނިސްބަތްވާ، އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިންގެ ލިސްޓްގު ދެވަނައިގައި 111 ގޯލާއިއެކު ވަނީ ލިވަރޕޫލްއަށް ކުރިން ކުޅުން ސަޑިއޯ މާނޭއެވެ. އަދި ތިން ވަނައިގައި 104 ގޯލާއިއެކު ވަނީ ޑިޑިއާ ޑްރޮގްބާއެވެ.

ވޫލްވްސް މެޗުގައި ދެއްކި ތަފާތަށްފަހު، ސަލާޙް މިވަގުތު ހުރީ ވަރަށް ރަގަޅު ފޯމެއްގައިކަން ތަފާސް ހިސާބުން ދައްކައެވެ. އޭނާ މިހާރު މި ވަނީ ޖެހިޖެހިގެން 11 މެޗުގައި ގޯލެއް ނުވަތަ "އެސިސްޓް" އެއް ކާމިޔާބުކޮށްފައެވެ. އެގޮތުން 5 ގޯލު ޖަހާ، ގޯލު ޖެހުމަށް 9 ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.