Advertisement

ޣައްޒާގެ އިމާރާތްތަކެއް އިޒްރާއީލުން ބިމާ ހަމަކޮށްލާފައި ---

27 Oct 2023
ދުނިޔެ

އިޒްރޭލުގެ ހަމަލާތަކުގައި، އަސީރުންގެ ގޮތުގައި ޣައްޒާގައި ތިބި އިޒްރޭލުގެ ގިނަ ބަޔަކު މަރުވެއްޖެ

ޣައްޒާއަށް އިޒްރާއީލުން ދެމުން އަންނަ ވައިގެ ހަމަލާތަކުގައި، ޣައްޒާގައި އަސީރުންގެ ގޮތުގައި ބަންދުކޮށްފައިވާ 50 ވުރެ ގިނަ މީހުން މަރުވެއްޖެކަމުގައި، ހަމާސްއިން ބުނެފިއެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ މުޖާހިދުންގެ ޖަމާޢަތް ހަމާސްއިން ބުނެފައި ވަނީ، އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބަންދުކޮށްފައިވާ، އިޒްރޭލު މީހުންގެ ތެރެއިން މިހާތަނަށް 50 ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ. އަދި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާކަމުގައިވެސް ހަމާސްއިން ވަނީ ބުނެފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ވަނީ، ޣައްޒާ ބަންދުކުރުމަށް، އިޒްރޭލުން ޖަހާފައިވާ ޣައިރު ޤާނޫނީ ފެންސު ހަލާކުކޮށްލައި، އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގެ ތެރެއަށް ވަދެގެންފައެވެ. މިގޮތުން ފަލަޞްތީނުގެ ހިފާފައިވާ ދެކުނުގެ ސަރަހައްދެއްގައި ބޭއްވި މިޔުޒިކް ފެސްޓިވަލެއްގެ ތެރެއިންނާއި، އަވަށްތަކުން ގިނަ ބަޔަކު ހައްޔަރުކޮށް އަސީރުންގެ ގޮތުގައި، ޣައްޒާއަށް ގެންގޮސްފައިވެއެވެ.

އަސީރުންގެ ގޮތުގައި ހަމާސްއިން ޣައްޒާއަށް ގެންދިޔަ އިޒްރޭލު މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކާއި، އެމެރިކާއަށް ނިސްބަތްވާ އަންހެނަކާއި އޭނާގެ ދަރިފުޅު މިހާރު ވަނީ މިނިވަންކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.