Advertisement

ރަފަހް ކްރޮސިންގ --

21 Oct 2023
ޚަބަރު

ރަފަހް ބޯޑަރު ހުޅުވައި އެހީގެ ތަކެއްޗާއި އެކު ފުރަތަމަ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެ

ކަރަންޓާއި ފެނާއި އިންޓަރނެޓް ކަނޑާލައި، ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ވެއްދުން މަނާކޮށް، އިޒްރޭލުން ޣައްޒާއަށް ބޮންއަޅައި ޣައްޒާ ޙިސާރުކޮށްފައިވާތާ 14 ދުވަސްފަހުން، މިސްރާއި ރަފަހް ގުޅޭ ބޯޑަރު ހުޅުވައި، އެހީގެ ތަކެއްޗާއި އެކު ފުރަތަމަ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެއެވެ.

އެހީގެ ތަކެއްޗާއިއެކު ޣައްޒާއަށް ވަނުމުގެ ފުރުޞަތު ފުރަތަމަ ދީފައި ވަނީ 20 ޓްރަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޣައްޒާގެ އާއްމުންނަށް ބޭނުންވާ އެންމެ އަސާސި ތަކެއްޗެވެ. ޣައްޒާ އާ މިސްރުގެ ރަފަހް ގުޅޭ ރަފަހް ކްރޮސިންގ މިއަދު ހުޅުވައި، އެހީގެތަކެތި ޣައްޒާއަށް ވައްދަން ފަށާފައި މިވަނީ، އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާއި، ހިޞާރުގެ ސަބަބުން ޣައްޒާގެ 2.1 މިލިއަން ރައްޔިތުންނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވަނިކޮށެވެ.

20 ޓްރަކްގެ ތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަދީފައި ވާއިރު، އެއީ ޣައްޒާއަށް ބޭނުންވާ އެހީގެ ވަރަށް މަދު މިންވަރެކެވެ. މިހާރުވެސް ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީގެ ތަކެއްޗާއިއެކު، ރަފަހް ބޯޑަރުގައި 200 ވުރެ ގިނަ ޓްރަކް އެބައޮތެވެ.

އިޒްރޭލުން ޣައްޒާއިން ކަރަންޓާއި ފެން ކަނޑާލުމުގެ ސަބަބުން، ޣައްޒާއަށް ސާފު ބޯފެން ނުލިބޭތާވެސް ވަނީ 2 ހަފްތާވެފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނަށްވެސް އިޒްރާއީލުން ވަނީ ވައިގެ ހަމަލާތައްދީ ބިމާ ހަމަކޮށްލާފައި ވާއިރު، ޣައްޒާގެ ރައްޔިތުން މިހާރު ދިރިއުޅެނީ ދުވާލަކު އެންމެ އިރަކު ކައިގެންނެވެ.

ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވެއްދުންވެސް އިޒްރޭލުން މަނާކޮށްފައި ވާއިރު، ދެފަހަރެއްގެ މަތިން ރަފަހް ބޯޑަރުގައި ޤާއިމްކޮށްފައިވާ ރަފަހް ކްރޮސިންގއަށްވެސް އިޒްރޭލުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ހަމަލާތައް ދީފައެވެ.

މިހާތަނަށް 4100 ވުރެ ގިނަ މީހުން އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގައި ވަނީ ޝަހީދު ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.